ޚަބަރު ސިޔާސީ

އެމްއާރުއެމް އުވާލަން ފަސްކުރަން ނެރުއްވި އަމުރު ދަމަހައްޓަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރެއްވުން މަޑުޖައްސައިލެއްވުމަށް ސިވިލް ކޯޓުން ނެރުއްވި ޢަމުރު މުރާޖަޢާކޮށްދެއްވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމަވައިފިއެވެ.

Ads by Hajj Corporation

އީސީ އިން އެމްއާރުއެމް އުވައިލަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 28ގައި އަމުރު ނެރުމުން، އީސީގެ ފަރާތުން އެއަމުރު މުރާޖައާ ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށައެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނީ އެކޮމިޝަނުގެ ޣައިރު ޙާޟިރުގައި އަމުރު ނެރެދެއްވަން ހުރަސްއެޅޭ ފަދަ، ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ ޙަޤީޤަތެއް އެމްއާރްއެމުން ހާމަނުކޮށް އޮތްކަން އިލެކްޝަންސް ކޮމިޝަނަށް ބަޔާންކޮށްދެއްވިފައި ނުވާކަމަށެވެ. އަދި ޣައިރު ޙާޟިރުގައި އަމުރުނެރެދޭން ތަންނުދޭ ސަބަބުތަކެއް ހުރިކަމަށް، އެމްއާރްއެމުން ހުށަހެޅި ލިޔެކިއުންތަކަށް ބަލާއިރު ކޯޓަށް ބުރަނުވެވޭ ކަމަށް ވެސް އެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ޤާނޫނުގައި ލާޒިމްކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އީސީން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

އެއާއެކު، ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވެސް އެ ކޮމިޝަނުން ވަނީ އެ ޕާޓީއަށް އަންގަވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!