ޚަބަރު ސިޔާސީ

މި ސަރުކާރުވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތާމެދު ހިތާމަކޮށް ލަދުގަންނަން: އަމީން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނީތީ މިއަދު ހިތާމަކޮށް ލަދު ގަންނަކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ޖުމްހޫރީ ޕާޓީގެ 158 ވަނަ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރެއްވީ ވިޔަފާރިވެރިންނަށް ކުރާ އަނިޔާއާއި ފުރައްސާރައިގެ ސަބަބުން ކަމަށާއި މިއަދުގެ ހާލަތަކީވެސް އެއީކަމަށެވެ.

"މި ސަރުކާރަކީ އަޅުގަނޑުމެން ޝާމިލުވެގެން ގެނައި ސަރުކާރަކަށް ވީއިރު، މިއަދު އަޅުގަނޑު ހިތާމަ ކުރަމޭ، އަޅުގަނޑު ލަދުގަނޭ މި ބޭބޭފުޅުން ވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތާއި ހެދި ލަދުގަނޭ މިއަދު،" މިއަދުގެ ބައްދަލުވުމުގައި އަމީން ވިދާޅުވިއެވެ.

އަމީންގެ ވާހަކައަށްފަހު އެވާހަކައަށް ތާއިދު ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީއާއެކު ޖޭޕީން ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިހާރު އޮތްކަމަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެމަނިކުފާނުގެ ކުންފުނީގެ ދަށުގައިވާ ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވަނީ ސަރުކާރުން އަޑީގައި އޮވެގެންކަމަށް ވެސް ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

Ads by HDC
  1. ރަށު މީހާ

    ތިހާ ފަސޭހަ ކަމެއްތަތީ؟ ރައްޔިތުންނަށް ދޯކާ ދީފަ 4 އަހަރުވަންދެން ފިލައިގެން ރާއްޖެއިން ބޭރުގަ އަރާމުގަ އުޅެލާފަ އައިސް ތިބުނެލަނީ ހިތާމަކުރަމޭ. މިފަހަރު ދެން އިތުބާރު ކުރަން ޖެހޭ ސަބަބެއްވެސް ބުނެދެން ވާނެދޯ.

  2. ޔޫރޮކްމައިވޯލްޑް

    ސާބަހޭ ގާސިމް ތިޔާއީ ރައްޔިތުންގެ ވިންދާއި އިހްސާސް އާއި އެއްގޮތަށް ވެރިކަން ކުރުމަކީ އަދި މަމެން ބޭނުމޭ ގާސިމްގެ ދުލުން ބުނަން ފުށިދިއްގަރު ފަލު ހިއްކާ އަދި މާލޭން ފެށިގެން ގޮސް މާފުއްޓާއި ހަމައަށް ބްރިޖް އަޅާ އެ ދެމެދުގައި ހުރިއްޔާ ހުރިހާ ފަޅު ތައް ހިއްކާ ދިވެހި ރައްޔިތުންނަށް ހިލޭ ބިން ދީގެން އެންމެނަށް ފާގަތި ދިރިއުޅެއް ހޯދާ ދޭނެ ކަމަށް ޔޫ ރޮކް މައިވޯލްޑް ގާސިމް ގާސިމް ތިޔާވަނީ މަމެންގެ ދިރިއުޅުން އުޖާލާ ކުރާނެ މަގު ކޮށަން ނިޔަތް ގަނެފައޭ ނަށާލާ ގާސިމް ނަށާލާ ނަށާލާ ނަށާލާ ޔޫ ރޮކް މައިވޯލްޑް ޔޭއް ޔޭއް ޔޫ ރޮކްމައިވޯލްޑް ޔޫ ރޮކްމަައިވޯލްޑް ޔޫ ރޮކްމަައިވޯލްޑް ޔޫ ރޮކްމަައިވޯލްޑް ނަށާލާ ނަށާލާ ނަށާލާ ނަށާލާ…

  3. އަމީން

    އަމީން ފޯކޭ ކިޔާބަ .. ކަލޭމެންނަކީ ހިހޫތަނުން ކާން ތިބޭބައެއް.

  4. ާއަހްމަދު

    ކަލޭމިނިވަން ވެގެން ރާއްޖެއާދެވުނީތީ ހިތާމަކުރަން

  5. އަމީނު ތިކިއާއެއްޗެއް ފޫބެދޭނެ އެއްގޮތެއްވެސް ނެތް، ރޔާމީން ވިޔަފާރިވެރީންނަށް އަނިޔާކުރިކަމަ ގޯނާކުރިކަމަށް އަމީން ތި ބުނާބުނުމަކީ އެއްވެސް އަސާސެއް ނެތްވާހަކަ ތަކެއް، ތިބުނާ ވިޔަފާރި ވެރީންނަކީ ގާސިމު ކަމަށް ބުނިނަމަ ރަނގަޅު ވާނެ ގާސިމްގެ ވާހަކަ ސީދާ ބުނިނަމަ ދޯ، ގާސިމް އަށްވެސް އަދި އެހެންމީހަކަސް ދައުލަތަށްވުރެ މަތީގާ ނުހުރެވޭނެ، ގާސިމަކީ އެންމެ ފަރުދެއް ވިޔަފާރި ވެރީންނާ ދެންވެސް އުމުރާނީމަސައްކަތްކުރިއްޔާ ކުރި ހުރިހާ ވިޔަފާރިއެއް އަދި ތަރައްގީއެއް އަދި ބިނާކުރުމެއްވިއަސް ރޔާމީން ދައުރުގާ ފަތުއަޑު ކިއާފާ ދިއައީ ކުރިއަށް މީ ތެދު ހަގީގަތްކަން ގައުމާއި ރައިއްޔަތުންގެ ގުޅުންތަކާ އުޅުންތަކުން ދިއައީ ފެންނަމުން، ގާސިމްގެ ވިޔަފާރިއަށް ކޮކަޑިލީވެސް އަދި ފުނޑާލީވެސް ގާސިމުގެ ފުރިހަމަ އެއްބާރުލުމާ ރުހުމާއެކު މިހާރު މިގައުމުގާ ވެރިކަން ކުރަމުން ރައީސް އިބުރާހިމް ( ޚާއިނުކަލޭގެ ) ވެރިކަމަށް ގެންނަންވެގެން ކޯޓުތަކަށާ ދެންވެސް ތިބިބަޔަކަށް ވިޔަފާރި އޮއްސާލަން ހަދައިގެން އެއީ ރޔާމީން ކުރިކަމެއްނޫން ގާސިމްގެ ވިޔަފާރި ހުލި ވުމަކީ، ދެން ވެރިކަންހޯދައިދިނީތީ ރައީސްއިބުރާހިމަށް މަޖުބޫރުވީ ގައުމުގެ ޚަޒާނާ ގާސިމްގެ ވިޔަފާރިތަކަށް އޮއއސާލަން މިހާރު ގައުމު ހުލިވެއްޖެ، އެވަރުންވެސް ހިތްނުފުރިގެން އަމީނުމެންކަހަލަ ބުއްދިހަމަނުޖެހޭ ބަޔަކު ގާސިމް ވެތިކަމަށް ހޮވާނެކަމަށް ބުނެ ގާސިމް މޮޔައަކަށްހަދާގެން މިހާރު އަމީނުމެން ތި އުޅެނީ ގާސިމްގެ ވިޔަފާރި ލޫޓުވާލަން، ތިމާމެން ކުރާކަންތައް އެހެންމީހުންގެ ބޮލުގާ ނާޅުވާ، އަމީނޫ.!!!!