ޚަބަރު

ފަޅު ވިއްކުން ހުއްޓުވީ ސިޔާސީ ބޭނުމަކަށް, ރައީސް އޮފީހުން އަންގައިގެން: ނިހާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވަނީ, މިއީ ރިޔާސީ އިންތިޚާބު އޮންނަ އަހަރު ކަމަށްވާތީ, ސިޔާސީ ބޭނުމަކަށް ކަަމަށް ޤާސިމްގެ އެޑްވައިޒަރު, ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނިހާން މިިހެން ވިދާޅުވެފައިވަނީ މިއަދު ޕެރަޑައިސް ރިސޯޓްގައި ކުރިޔަށްދިޔަ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނިހާން ވިދާޅުވީ, ފަޅު ވިއްކުން ހުއްޓުވި މައްސަލައިގައި ރައްޔިތުންނަށް ނޭނގޭ އެތައް ވާހަކަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ މަތީ ކޯޓް, ސްޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމާފައި އޮއްވާ, އެކަމަށް ގޮންޖެހޭނެ މުއައްސަސާއެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެކަންކުރަނީ ނުފޫޒުން ކަމަށް ތުހުމަތު ކުރެއްވިއެވެ.

"ދިވެހި އެތައް ރައްޔިތުންނަކާ ގުޅިފައި އޮންނަ ކަމެއް, ދިވެހި ރާއްޖޭގެ އެންމެ މަތީ އޮފީހުން ހުއްޓުވުމަށް މަސައްކަތްކުރާ ޚަބަރު ލިބުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް އޮންނަ ކަމެއް" ނިހާން ތުހުމަތު ކުރެއްވީ, އޭސީސީން އެ މައްސަލަ ބަލަން ފަށާފައިވަނީ ސީދާ ރައީސް އޮފީހުން އަންގައިގެން ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމެއް ނޫން ކަމެއް. އެމަނިކުފާނަށް އެކަން އިނގިވަޑައިގަންނަވާނީ, އެމަނިކުފާނު އަންގަވައިގެންތޯ އެމަނިކުފާނުގެ އޮފީހުގެ އެންމެ އިސްވެރިން އެންޓި ކަރަޕްޝަން ކޮމިޝަންގެ ވެރިންނަށް އަންގަވަނީ މިފަޅު ވިއްކިޔަ ނުދީ ހިފަހައްޓަވާށޭ"

ނިހާން ވިދާޅުވީ, ފަޅު ވިއްކުން ހުއްޓުވައިގެން އެކަމުގެ ސީދާ އަސަރު ކުރާނީ ހަމައެކަނި ޤާސިމް އިބްރާހީމަށް ނޫން ކަމަށެވެ.

"މަނިކުފާނުގެ އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށްވަދެ, އެކަން ހުއްޓުވުމަކީ ކުޑަކުޑަ ކަމެއް ނޫން. މަނިކުފާނަކީ ހުސް އެކަނި, ޤާސިމް އިބްރާހީމް, މ. މާފަންނުވިލާއެއް ނޫނޭ. މިއޮތް ބޮޑު މާސިންގާ ޕާޓީއާއި ދިވެހި ރާއްޖޭގެ އެތައް ސަރަހައްދެއްގައި ތިބި އެތައް ހާސް ރައްޔިތުންގެ ވަރަށް ގިނަ ކަންތައްތަކާ ގުޅި ލާމެހިފައިވާ ފަރާތްތެއް." ނިހާން ވިދާޅުވީ, ވިލާ ކުންފުންޏަކީ 5,000 މުވައްޒިފުންނަށް ވެސް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ.

  1. ރަށުމީހާ

    ފާހަގަ ޖަހާފަ ދޫކޮށްލި ކަންނެލިތައް 4 އަހަރުފަހުން އައްސޭރިފަށަށް ތިލަވާން ފަށައިފިޔޯ.

  2. ނިހާނުބޭގެ ސޮރު

    ފަޅު ވިއްކުމުގެ ވާހަކަޔާއި އެކުއެކީ ފަޅު ލިބުނުގޮތުގެ ވާހަކަ ނުދައްކާންވީ ސަބަބެއް ނެތް.