ބޮޑު ބަޔަކަށް ހުދު ސަމާލު، ކަނޑު ގަދަވާނެ!
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރުއްވައިފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށެވެ. އެލާޓްގެ ވަގުތަކީ، މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށެވެ.
މެޓް އޮފީހުން ވިދާޅުވީ، އެ ވަގުތު ތަކުގައި އެ ސަރަހައްދުތަކަށް، ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާ ގަނޑުގައި 24 މޭލަށް ވައި ގަދަވެ ގަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ވިދާޅުވެއެވެ.
Ads by HDC