ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ބަލިކޮށް ވެރިކަމުން ބޭލުމަކީ މިއަދު ޤައުމީ ވާޖިބެެއް: މަލީހް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަލިކޮށް ވެރިކަމުން ބޭލުމަކީ މިއަދު ޤައުމީ ވާޖިބެެއް ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސެނެޓަރ، އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO
މަލީހް މިފަދައިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް ގުޅިގެން އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން އީސީން މިއަދު ހުއްދަ ދިނުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަލީހް ވިދާޅުވީ ރައީސް ޞާލިޙް ބަލިކޮށް ވެރިކަމުން ބޭލުމަކީ މިއަދު ޤައުމީ ވާޖިބެއް ކަމަށެވެ. އަދި  އެކަމުގައި ކަޅެއް ދޮނެއް އިސްކޮޅެއް ބެލުމެއް ނެތި އެންމެން އެކުގައި މަަސައްކަތް ކުރަން ޖެހޭ ކަމަށާއި “އިބޫ 5 އަހަރު ތެރޭ ޤައުމަށް ދިން ގެއްލުން 50 އަހަރުންވެސް ފޫނުބެއްދޭނެ” ކަމަށް މަލީހް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް ގުޅިގެން އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މެމްބަރުން އެންމެ ފަހުން އެމްޑީޕީ ދޫކޮށްލެއްވީއެވެ.

އެގޮތުން ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މަޖިލީހުގެ 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވެއެވެ. މި މެމްބަރުން އެމްޑީޕީން ވަކިވެވަޑައުގަތުމާ ގުޅިގެން އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސުޕަ މަޖޯރިޓީ ގެއްލިފައެވެ. ރައީސް ނަޝީދު ވެސް ވަނީ މިމަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!