"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދުވެސް ލިބިވަޑައިގެންފައިނުވާ ކަމަށާއި އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަދޭން ނިންމައި އަންނަ އާދީއްތަދުވަހު އެ ހުއްދަ ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ހުސައިން ހަބީބު ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އެކަން އެއްވެސް ރަސްމީ ސިފައެއްގައި އަންގާފައިނުވާ ކަމަށާއި ރަސްމީ ބައްދަލުވުންތަކުގައި އީސީން ދައްކާ ވާހަކަތައް ފަހުން ބަދަލުކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.
“އަދިއެއް މިއަދުގެ މިހާތަނަށް އަޅުގަނޑުމެންނަކަށް އެ ހުއްދައެއް ނުލިބޭ. އިތިބާރެއް ނެތް އީސީއަކަށް މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު” ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ރައީސް ޞާލިޙް ބޭނުންފުޅުވާ ގޮތަށް ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އެ ޕާޓީ އުފެދުނަނުދީ އިންތިޚާބަށް ދިއުމަށް ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އީސީއަށް އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވިދާނެ ކަމުގައި ޤަބޫލުނުކުރެވޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ ސަރުކާރު އިސްތިއުފާ އީސީ އިސްތިއުފާ