އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ޗައިނާއަށްދަނީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ މަހު ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް އިޒްރޭލުގެ މަސްދަރުތަކުން ބުނެފި އެވެ.
އެތަނުގައި ހުންނަވައިގެން ބޮޑުވަޒީރު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ޗައިނާގެ އެހެން ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ އިންތިޒާމު ހަމަޖެއްސުމަށް ފަހުގެ ތާރީހެއްގައި ދެ ލީޑަރުންގެ އޮފީހާ ދެމެދު އެޑްވާންސް ކޮންޓެކްޓްތަކެއް ބާއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ދަތުރު ކުރާނެ ތާރީހެއް އަދި ގުދުސް ނުވަތަ ވޮޝިންޓަނުން ވެސް ދަތުރެއް ކުރާނެ ގޮތެއް އިއުލާނެއް ނުކުރެ އެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހަށް ގުޅާލުމުން "މިވަގުތު އެއްވެސް އެއްޗެއް ބުނެފައެއް ނެތް" ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ. ތެލްއަވީވްގައި ހުންނަ ޗައިނާ އެމްބަސީން މިކަން ކަށަވަރުކޮށްދިނުމަށް އެދުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އިޒްރޭލުގެ ޑިޕްލޮމެޓިކް މަސްދަރުތަކުން ޓައިމްސް އޮފް އިސްރާއީލުގެ ހިބްރޫ ސިސްޓާ ސައިޓް، ޒެމަން ޔަސްރޭލް އަށް މައުލޫމާތު ދެމުން ބުނީ މި ދަތުރުފުޅަކީ އެހެން ސަބަބުތަކުގެ އިތުރުން ނަތަންޔާހޫއަށް ކުރިއަށް ދިއުމުގެ އިތުރު ޑިޕްލޮމެޓިކް ފުރުސަތުތަކެއް އެބަހުރި ކަމުގެ އިޝާރާތެއް ވޮޝިންޓަނަށް ދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފާޅުގައި ނަތަންޔާހޫ ހިފަހައްޓަވާފަ އެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން ސަރުކާރުން ރާވަމުންދާ ގޮތާ ދެކޮޅަށް އިޒްރޭލުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ނަތަންޔާހޫއަށް ކައިރި މުސްތަގުބަލެއްގައި ދައުވަތު ނުދެއްވާނެ ކަމަށް މިދިޔަ މާޗް މަހު އޭނާ ވިދާޅުވި އެވެ.