ޚަބަރު ސިޔާސީ

އެމް.ޑީ.ޕީގެ ދެސަރުކާރުން ވެސް ނަތީޖާ ނެރެދީފި: ނިޔާޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ސަން އޮންލައން

އެމްޑީޕީގެ ދެ ސަރުކާރުންވެސް ނަތީޖާ ނެރެދީފިކަމަށާއި އެމްޑީޕީގެ ސަރުކާރެއް އޮތުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިޔާޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެމްޑީޕީ މެނިފެސްޓޯއިން އެންމެ ފުރަތަމަޖާގަ ހޯދާ ސިޔާސަތު އަދި އެންމެ ބޮޑަށް ތަންފީޒުކުރެވި ނަތީޖާނެރެވުނު ސިޔާސަތު ކަމަށެވެ.

"ބޯހިޔާވަހިކަމަކީ އެމް.ޑީ.ޕީ މެނިފެސްޓޯއިން އެންމެ ފުރަތަމަޖާގަ ހޯދާ ސިޔާސަތު އަދި އެންމެ ބޮޑަށް ތަންފީޒުކުރެވި ނަތީޖާނެރެވުނު ސިޔާސަތު.އެމް.ޑީ.ޕީ ގެ ދެސަރުކާރުން ވެސް ނަތީޖާ ނެރެދީފި.އެމް.ޑީ.ޕީ ސަރުކާރެއް އޮތުން މުހިންމު." ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު މިހެން ވިދާޅުވީ ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމާއި ގުޅިގެންނެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅިދައްކަވަމުން އަސްލަމް ވިދާޅުވީ ގޯތި ދިނުމަކީ މިވަގުތު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

  1. އަބުދުއްލޯ

    ކޮބާ ނިޒާހު އާއިލާގެމީހުނައް ކިތައްގޯތި ލިބުނުތަ ނިކަމެތި ބޯހިޔާވަހިކަމެއްނެއް އުފަންމާލޭރައްވެހިން މިތިބީހަމައެހާލުގަ ކޮބާއިންސާފު

  2. އިންސާފު!

    އެމްޑީޕީގެ ދެސަރުކާރުންވެސް ވަނީ ފުލެޓްތަކުގައި އުޅޭ މީހުން ނަކީއަޅުން ކަމުގައި ހަދާއިފައެވެ. ފުލެޓްތަކުގައި އުޅޭ މީހުން ފައިސާ ދެއްކުން ހުއްޓައިލާން ޖެހޭ!

  3. ކަނުވަގުންނައްއޯކޭކަންފަޡަފޑއޅނީހޭ