ވިލުފުށިން މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ތ. ވިލުފުށި ހޯމް ކަރަންޓީންނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެ ރަށު ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑަށް ފައްސި ވެފައިވާތީ ރަށަށް އަންނަ އުޅަނދު ފަހަރާއި އަދި ރަށުން ފުރާ އުޅަނދުތަކުގެ މަޢުލޫމާތާއި ދަތުރުކުރާ ރަށުގެ މަޢުލޫމާތު އަދި ދަތުރުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ރަށު ކައުންސިލަށް ދިނުމަށް ފަހުގައި ނޫނީ އެއްވެސް އުޅަނދެއް ދަތުރު ނުކުރުމަށް އަންގާ ކަމަށެވެ.
އަދި އަތޮޅު ފެރީއިން ދަތުރު ކުރެވޭނީ ކައުންސިލުން ދޫކުރާ ދަތުރު ހުއްދަ ކާޑު އޮތް ފަރާތްތަކަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް 5909 މީހުން ފައްސި ވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ 2389 މީހުންނަށެވެ. މީގެތެރެއިން 138 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.