Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ދިހަ ހާހަށްވުރެ މީހުންގެ ލިސްޓަކަށް ހުށަހެޅުނީ އެންމެ ވިއްސަކަށް ޝަކުވާ: މަހުލޫފު

ދިހަ ހާހަށްވުރެ މީހުންގެ ލިސްޓަކަށް ހުށަހެޅުނީ އެންމެ ވިއްސަކަށް ޝަކުވާ: މަހުލޫފު

މާލެ ރައްޔިތުންނަށް ޚާއްސަ ކުރާ ގޯތިތައް ލިބުނުމީހުންގެ ލިސްޓަށް ހުށައެޅުނީ އެންމެ ވިއްސަކަށް ޝަކުވާ ކަމަށް ޔޫތު މިިނިިސްޓަރ އަޙްމަދު މަހްލޫފު ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ވަގުތީ ލިސްޓު އާއްމުކޮށްފައިވާއިރު މި ލިސްޓުގައި ޝަރުތު ހަމަނުވާ މީހުންނަށް ގޯތި ލިބިފައިވާކަމުގެ ޝަކުވާތައް ޝޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

"10000 އަށްވުރެ ގިނަމީހުންނަށް ގޯތި ދޫކޮށް ވަގުތީ ލިސްޓެއް އާއްމުކުރުމުން، މިދިޔަ ދެތިންދުވަހު ތެރޭގައި ޝަކުވާގޮތުގައި ނޫނީ ކަންބޮޑުވުންތަކެއް ގޮތުގައި މިފެނުނީ 20 ވަރަކަށް ކަންތައް. ވަގުތީ ލިސްޓަކީ ގޯހެއް އޮތްނަމަ ޝަކުވާ ހުށައަަޅާ އެކަމެެއް އިސްލާހުކުރަންދޭ ފުރުސަތެއްކަމުން، މިވަރުގެ ބޮޑު ލިސްޓަކުން މިހާމަދު ކަންކަން ފާހަގަކުރެވޭކަމީ ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަމުގެ ހެއްކެއް" މަހްލޫފް ވިދާޅުވިިއެވެ.

Advertisement
HDC — Sidebar (box)

މަހްލޫފް އިތުރަށް ވިދާޅުވީ ވަކި ޕާޓީއެއް ވަކި ޢާއިލާއެއް ތަފާތުނުކޮށް ޝަރުތުހަމަވި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި އިންސާފުން ގޯތި ދީފައިވާކަން އެއީ ބަދަލުނުކުރެވޭނެ ހަޤީޤަތެއް ކަމަށެވެ.

މި ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ހިލޭ ގޯތި ލިބޭ މާލޭ މީހުންގެ ލިސްޓް ސަރުކާރުން އިއުލާން ކުރީ، މިދިޔަ ހޯމަ ދުވަހުއެވެ. މި ސްކީމްގެ ދަށުން 6000 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް