ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ޝަރީޢަތްތައް އަވަސް ކުރަނީ، އިސްތިއުނާފު އަޑުއެހުންތަކަށް މަޑުޖެހުމެއް ގެނައުމަށް: ސަޢީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

ކުރީގެ ރައީސް ޔާމީންގެ މައްޗައް ދަށު ކޯޓުތަކުގައި އުފުލައިފައިވާ ދަޢުވާތަކުގެ ޝަރީޢަތްތައް އަވަސް  އަރުވާލައިގެން ކުރިއަށް ގެންދަނީ، ހައި ކޯޓުގައި ކުރިއަށް ގެންދާ އެމަނިކުފާނުގެ އިސްތިއުނާފުގެ އަޑުއެހުންތަކަށް މަޑު ޖެހުމެއް ގެނައުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީީސްކަންވެސް ކުރައްވާ ސަޢީދު ވިދާޅުވީ އަނިޔާ ދީގެ ރައީސް ޔާމީން ފަސްޖެހޭނެކަމަށް ސަރުކާރުން ގަބޫލު ކުރައްވާނަމަ އެއީވަރަށް ބޮޑު ކުށްހީއެއްކަމަށެވެ. އަދި އިންސާފުވެރި ޝަރީޢަތަކާއި އެކު ރައީސް ޔާމީން މިނިވަންވާނެކަމަށާއި، އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަލި ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

ސަޢީދު މިހެން ވިދާޅުވި އިރު ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ. އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފައިވަނީ ހެނދުނު 09:00 އަށެވެ.

  1. ޤޮދަރުބޭ

    ދިވެހި ތާރީޚުގަ މިވަރުގެ ޚުދުމުޚުތާރު ވެރިޔަކު ނާދޭ..
    މިތިބީ ވޯޓް ކަރުދާސްކޮޅު އަތަށް ލިބެންދެން..

    • ަޢައްނި

      ޔާމީން ރާޢްޖޭގެ ހުރިހާ ބޭންކެއްގަ އެކައުންޓް ހުލުވައިގެން މިލިޔަނުން ވައްކަން ކޮށްގެން ޖަލަށް ދާންޖެނުނީމަ ވެރިމީހާ ގޯސްވީ ތީ ދަމާގުރާތީވީވ