ޚަބަރު ސިޔާސީ

ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހައްގު: އަލީ އާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހައްގުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އަލަށް އުފައްދަން މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީއެއްކަމުގައިވާ "ދަ ޑިމޮކްރެޓްސް"އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގުޅިގެން ސިޔާސީ މަޝްވަރާތައް ކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި އެންމެ ބޭފުޅަކަށް ހުކުމެއް އައުން އެއީ މައްސަލައެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ރަނގަޅު އިންސާފުވެރި ޝަރީއަތެއް ހައްގުވާ ކަމަށެވެ. އަދި އެކަމަށް މަސައްކޮށް، ގޮވާލުމުގައި ގޯހެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފައިވާއިރު އެމައްސަލައިގައި އެމަނިކުފާނުގެ އިތުރުން  އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗައްވެސް ވަނީ ދައުވާ އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ އިސްމަގާމުތަކުގައިތިބި ގިނަބަޔަކާއި ރައްޔިތުންގެ މަޖިލީހުގެ ގިނައަދަދެއްގެ މެމްބަރުނަށް ވަނީ ތުހުމަތުތައް އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!