ޚަބަރު

ސަމާލުވޭ! ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެ ވަގުތުގައި ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރައްވައިފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރައްވައެވެ.

މެޓުން ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން 10:00 ހަމައަށް ތ. އަތޮޅުން ފެށިގެން ގދ. އަތޮޅުތަކާ ހަމައަށްވެސް ރީނދޫ އެލާޓް ނެރެފައެވެ. އެ އެލާޓްގައިވެސް ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނޭކަމަށެވެ.

Ads by STELCO

މިއީ ހުޅަނގު މޫސުމުގެ ދުވަސްތައް ކަމަށްވާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!