ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑި މިމަސް ނިމުމުގެ ކުރިން ހަވާލުކުރަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ލިބުނު ފަރާތްތަކަށް މިމަސް ނިމުމުގެ ކުރިން ތަޅުދަނޑި ހަވާލުކުރާނެކަމަށް އާބަންކޯއިން ބުނެފިއެވެ.
ވިނަރެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އާބަންކޯއިން މިހާރުވެސް ކުރިއަށް ގެންދާއިރު ވިނަރެސް ފުލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީ ނުވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކެޓަގަރީން 1،094 މީހުންނާއި، މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.
ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކޮށްފައިވަނީ ގުޅީފަޅު ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި މީހުންނަށާއި، އާންމުންގެ ތެރެއިން ހޮވުނު މީހުންނަށެވެ.
ވިނަރެސް މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް އެކުލަވާލުމުގެ މަސައްކަތް އާބަންކޯއިން މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ސޮއިކުރަން ފަށާފައިވަނީ ގުޅީފަޅުން ފްލެޓް ދޫކޮށްލި ފަރާތްތަކުގެ ތެރެއިން މި މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކުއެވެ.
ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ.
ވަގު ފެލެޓްތަށް ބަހާލާފަ.