ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތް: މިއަދު ބާއްވާން ތާވަލުކުރި ޝަރީޢަތް ކެންސަލް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީޢަތުގައި މިއަދަށް ތާވަލު ކުރި އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.

Ads by STELCO

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް  ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޟާ ބަލިވެ އުޅޭތީއެވެ. އޭނާ ބަލިވެ އުޅޭތީ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިިިންވެސް ވަނީ ކެންސަލްކޮށްފައެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

މި މައްސަލައިގައި ހެކިބަސް ނެގުން ކުރިއަށްގެންދާއިރު، އިދު ބަންދަށް ދިއުމުގެ ކުރިންވެސް އަޑުއެހުންތަކެއް ވަނީ ފުލުފުލުގައި ކުރިއަށް ގެންގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!