މޫސުން ގޯޯސްވެ، ބޮޑު ބަޔަކަށް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަޙައްދަކަށް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރުއްވައިފައި ވަނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ. އެ ސަރަހައްދަށް އެލާޓް ނެރުއްޓައިފައިވަނީ ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.
މެޓް އޮފީހުން ވަނީ، އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރައްވައިފައެވެ.