Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެންމެ ގިނަ މެމްބަރުން ތިބީ އެމްޑީޕީގައި: އީސީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެންމެ ގިނަ މެމްބަރުން ތިބީ އެމްޑީޕީގައި:  އީސީ

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ މެމްބަރުން ތިބީ އެމްޑީޕީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އީސީން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގައި 58،035 މެމްބަރުން ތިބިއިރު،ދެވަނައަށް އެންމެ ގިނަ މެންބަރު ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 38،831 މެމްބަރުންނެވެ.

އެހެން ސިޔާސީ ޕާޓީތަކަށް ބަލާއިރު، ޖުމްހޫރީ ޕާޓީގައި 22،705 މެމްބަރުން، އެމްޑީއޭގައި 10،227 މެމްބަރުން، އެންއެންޕީގައި 9،729 މެމްބަރުން، އަދާލަތު ޕާޓީގައި 9،595 މެމްބަރުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 3،193 މެމްބަރުން އަދި އެމްއާރުއެމްގައި 2،892 މެމްބަރުން ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

މި ޕާޓީތަކުގެ ތެރެއިން އެންމެ މަދުން މެމްބަރުން ތިބީ އެމްއާރުއެމްގައެވެ. އެ ޕާޓީގައި މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުންވަނީ އެ ޕާޓީ އުވައިލަން ނިންމާފައެވެ. ނަމަވެސް ކޯޓު އަމުރަކާ ގުޅިގެން އެ ޕާޓީ އުވައިލުން ވަނީ މަޑުޖައްސައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް