Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީ ހިންގަން މިހާރު ތިބީ ޑިމޮކްރަސީ ދަންނަ ބޭފުޅުންނެއް ނޫން: ޙަސަން އަފީފު

އެމްޑީޕީ ހިންގަން މިހާރު ތިބީ ޑިމޮކްރަސީ ދަންނަ ބޭފުޅުންނެއް ނޫން: ޙަސަން އަފީފު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ހިންގުމާ ޙަވާލުވެގެން މިހާރު ތިބީ ޑިމޮކްރަސީއަކީ ކޯއްޗެއްކަން ދަންނަ ބޭފުޅުންނެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު ވިދާޅުވެއްޖެއެވެ.

އޯޝަން ވީކްލީއަށް މަޢުލޫމާތު ދެމުން އަފީފް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައީ އެމްޑީޕީއިން ކަމުގައިވިޔަސް މިހާރު އެމްޑީޕީ ހިންގަން ތިބީ ޑިމޮކްރަސީ ދަންނަ ބައެއް ނޫންކަމަށެވެ.

އަފީފް ވިދާޅުވީ މެޖޯރިޓީން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނީ މައިނޯރިޓީގެ ހައްޤުތައް ކަށަވަރުކުރުމަށްފަހު ކަމަށާއި މައިނޯރިޓީގެ ހައްޤު ރައްކާތެރިކޮށްދިނުން އެއީ ޑިމޮކްރަސީގެ އެންމެ ފުރަތަމަ އުޞޫލުކަމަށެވެ.

Advertisement
Allied — Dhen Online (box)

"އެމްޑީޕީ މިކިޔަނީ މަޖިލީހުގަ އެމްޑީޕީގަ ތިއްބެވި ބޭފުޅުން. ހަމައެއާ އެއްކޮށް އެމްޑީޕީ ހިންގަންވެސް މިވަގުތަކު ނެތް ޑިމޮކްރަސީ ދަންނަ ބޭފުޅަކު." އަފީފް ވިދާޅުވިއެވެ.

އަފީފު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގައި، މެޖޯރިޓީއަށް ތަބާވާންޖެހޭ އުޞޫލުތަކަކާއި، މެޖޯރިޓީން ތަބާވާންޖެހޭ އުޞޫލުތަކެއްވެސް ހުންނައިރު، ތިމާގެ ގެކޮޅުގައި މީހުން ގިނަ ނަމަވެސް ބޭނުންހާ ގޮތެއް ހެދުމުގެ އިޚްތިޔާރެއް ޑިމޮކްރަސީގައި ނޯންނާނެކަމަށާއި ރައްޔިތުންގެ މަޖިލީހަށް ދިމާވެފައިވަނީ އެފަދަ މައްސަލައެއްކަމަށެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްކޮށް ހުށަހެލުމަކީ ދުނިޔޭގެ އެއްވެސް ބަރުލަމާނީ މަޖިލީހެއްގައި ކުރާ ކަމެއް ނޫންކަމަށާއި އެ ދެ މަޤާމުގައި ތިއްބެވި ބޭފުޅުން ވަކިކުރައްވަން ބޭނުންވާ ޙާލަތުގައިވެސް ޢަމަލުކުރާ ގޮތަށް ބަލާއިރު، އެއް މައްސަލަ ހުށަހަޅަނީ އަނެއް މައްސަލަ ނިމުމަށްފަހުގައިކަމަށް އަފީފު ފާހަގަކުރެއްވިއެވެ.

އަފީފު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ މަޖިލިސް ހުއްޓުވާލުމަށް އެ ޤަސްދުގައި ކަމަށާއި، އެފަދައިން ކަންތައްކޮށްފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅުވައިގެން މި ސަރުކާރުން ކުރަމުންދާ އަދި ކޮށްފައިވާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދެއްކުމުގެ ފުރުޞަތު މެމްބަރުންނަށް ނުދިނުމަށްކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް