ޚަބަރު ސަރުކާރު ސިޔާސީ

ރައީސް ނަޝީދު ބޭނުންފުޅުވާ ޑިމޮކްރަސީ ގެންނަވާނީ ރައީސް ޔާމީން: ސެމްބެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވާ ޑިމޮކްރަސީގެ ރީތި ގޮތް މިގައުމަށް އަނބުރާ ގެނެސްދެއްވާނީ ރައީސް ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސެމްބެ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަނުކޮށް, ދެ ފަރާތުން އެއްބަސްވާ ތިންވަނަ ކެނޑިޑޭޓެއް ނެރެން ރައީސް ނަޝީދު ލަފާދެއްވައިފައިވަނިކޮށެވެ.

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ﷲ އިރާދަ ކުރެއްވިއްޔާ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ނަޝީދު ބޭނުންފުޅުވެލައްވާ ޑިމޮކްރަސީގެ ރީތިގޮތް މިގައުމަށް އަނބުރާ ގެނެސް ގައުމަށް ކުރިއެރުން ހޯދަވާނެ އިންޝާ ﷲ" ސެމްބެ ވިދާޅުވިއެވެ

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރަން ގޮތްދޫކޮށް ޕާޓީތަކާ ގުޅޭނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރައްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ގޮތް ދޫކޮށްގެން ރައްޔިތުން އެދޭގޮތް ހޯދައިދިނުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއްކަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!