މެދުއިރުމަތި ދުނިޔެ

ފަލަސްތީނުގެ މަޝްރަހު: އިތުރު ދެ މީހުން ޝަހީދުކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއިލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 2 ޒުވާނުން ޝަހީދުކޮށްލައިފިއެވެ.

Ads by WAMCO

ފަލަސްތީނުގެ ނިއުސް އެޖެންސީ، ވަފާއިން ބުނީ މަރުވި ދެ ޒުވާނުންނަކީ ހަމްޒާ މަޤްބޫލް އާއި ޚައިރީ ޝާހީން ނަމަކަށް ކިޔާ ދެޒުވާނުންކަމަށެވެ. މިހަމަލާތަކުގައި އިތުރު 3 މީހުން ޒަހަމްވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ދެދުވަސް ކުރިން އިޒްރޭލުން ފަލަސްތީންގެ ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ 12 މީހުން ޝަހީދުވެ، 140 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން 30 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

އިސްރާއިލު ސިފައިން ފަލަސްތީނަށް އަރައިގަނެ ލާއިންސާނީ އަނިޔާދީ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް ގެދޮރު ބިމާހަމަކޮށްލާފައިވާއިރު މިއަހަރުގެ މިހާތަނަށް އިސްރާއިލުންވަނީ ފަލަސްތީނުގެ ކުށެއްނެތް 100 އަށް ވުރެ މީހުން ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ ސިފައިންގެ އިތުރުން އާއްމުންވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް އެތައް ގެއްލުމެއް ދެމުންކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!