ސިނަމާލެ ބްރިޖް މައްޗަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ ސަމާލުވުމަށް އެދިއްޖެ

ސިނަމާލެ ބްރިޖް މައްޗަށް އުދައާއެކު ގަލާއި ވެލި އަރަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާކަމަށާއި އެ ސަރަޙައްދުން އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުވުމަށެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށާއި، ރާޅުގެ އުސްމިން 2-4 ފޫޓަށް އުފުލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.