ޚަބަރު ސިޔާސީ

އިދިކޮޅުން ސީރިއަސް ކެންޑިޑޭޓެއް އަދި ނުފެނޭ: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކުން "ސީރިއަސް ކެންޑިޑޭޓެއް" ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަވޯޓާ މިފަދައިން ވިދާޅުވެފައި ވަނީ ރޭ ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތީ މައިގަނޑު ދެ ސިޔާސީ ފިކުރު ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްގެ ފިކުރުކަން ފާހަގަކުރައްވައި، މަވޯޓާ ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓަކީ ކާކުކަން ސާފު ނުވާ ކަމަށެވެ.

"އެހެންވީމަ ސީރިއަސް، އިންތިޚާބެއް ވިން ކުރުމަށް، ކާމިޔާބު ކުރުމަށް އަމާޒުކޮށްގެން، ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރައްވަން ފެއްޓެވިތަން އަޅުގަނޑަށް މި ފެންނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގިނިކަންޏާ."

 

ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަރުވައިފައި ވިޔަސް، އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ކުރެއްވޭނެ ގޮތެއް ވުމަކީ މުޢުޖިޒާތެއް ފަދަ ކަމެއްގެ ގޮތުގައި މަވޯޓާ ސިފަ ކުރައްވައިފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދަޢުލަތުން ރައީީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާ އާއި އެމަނިކުފާނާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކިތަކަށް ބަލާއިރު، އެމަނިކުފާނު މިނިވަން ވެދާނެ ކަމަށް އޭނާގެ ބުއްދިއަށް ޤަބޫލެއް ނުކުރެވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!