މާރުކޭޓު ގޮޅީގައި ބިދޭސީ ސޭޓުންނަށް ނުތިބެވޭ ގޮތަށް އޮތްގާނޫނު ބަދަލުކުރީ މިސަރުކާރުން: ބޮންޑޭ

މާރުކޭޓު ގޮޅީގައި ބިދޭސީ ސޭޓުންނަށް ނުތިބެވޭ ގޮތަށް އޮތް ގާނޫނު ބަދަލުކުރީ މިސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ ވިދާޅުވީ ދިވެހިންގެ ވިޔަފާރިތައް އަޅުވެތިކޮށް މާރުކޭޓު ގޮޅިތަކުގެ ކޮންޓްރޯލް ބިދޭސީންނަށް ދޫކޮށްލީ މި ސަރުކާރުން ކަމަށެވެ.
"ދިވެހިންގެ ވިޔަފާރިތައް އަޅުވެތިކޮށް މާރުކޭޓު ގޮޅިތަކުގެ ކޮންޓްރޯލް ބިދޭސީންނަށް ދޫކޮށްލީ މި ސަރުކާރުން! މާރުކޭޓު ގޮޅީގެ ސޭޓުންނަށް ނުތިބެވޭ ގޮތަށް އޮތް ގާނޫނު ބަދަލުކުރީ މިސަރުކާރުން ! މާރުކޭޓު ގޮޅިތަކާއި ކަންމަތީ ފިހާރަތަކުގެ އިތުރުން މަސްދޯނި ތަކާއި ކަންނެލި އޮޑިތަކުގައި މިހާރު ތިބެނީ އެކޮނޮކްމިކް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެން ރެސިޑެންސް ވިސާއާއި ސޭޓު ވިސާގެ އިތުރުން ދިވެހި ޕާސްޕޯޓު ދޫކޮށްފައި ތިބޭ ބިދޭސީން" ބޮންޑޭ ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
ޤާނޫނެއ ނޫނ މުހިންމ ޤާނޫނ ހިންގުނ