ޚަބަރު ސިޔާސީ

އިޔާޒު ރައީސް ނަޝީދަށް: ޑިމޮކްރެޓްސްގެ ޓިކެޓް ނަޝީދަށް ނުލިބިއްޖިއްޔާ އަނެއްކާ ޕާޓީއެއް އުފައްދަންވީތޯ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސް އަށް ރޭ ސޮއި ކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޕާޓީގެ ރިޔާސީ ޓިކެޓް ނުލިބިއްޖެނަމަ އަނެއްކާވެސް އާޕާޓީއެއް އުފައްދާނީތޯ ޑރ.އިޔާޒު ސުވާލު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިޔާޒު މިފަދައިން ވިދާޅުވީ ރައީސް ނަޝީދު، ރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު އެ ޕާޓީއަށް ސޮއި ކުރައްވައިފައި ވަނީ، އެކަމަށް ޚާއްސަކޮށްގެން ރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ނަޝީދާއެކު އިތުރު މީހުން ވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ.

ޑިމޮކްރެޓްސްއާ ރައީސް ނަޝީދު ގުޅިވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ޑިމޮކްރެޓްސްގެ އުފެއްދުމަށް ބޭއްވި ޖަލްސާގައި އާއި ޑިމޮކްރެޓްސްގެ ރަސްމީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މުޅި ދިވެހިރާއްޖެ ހައްލު ކުރުމުގެ މަގަށް ގެންނާނެ ސިޔާސަތުތަކާ އެކު ޑިމޮކްރެޓްސް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިން އަބަދުވެސް ކަންބޮޑުވެ ތިބެނީ އެމީހުންގެ އާންމު ހާލަތު ރަނގަޅު ކުރާނެ ގޮތްތަކެއް ހޯދަން ކަމަށާއި، މިއަށް ވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް ތަންފީޒްކޮށް ދޭނެ ސަރުކާރެއް އެމީހުން ހޯދަން ބޭނުންވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އިޔާޒު ވަނީ ވިދާޅުވީ ރައީސް ނަޝީދަށް އަލަށް އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ނުލިބިއްޖެނަމަ ހައްލަކީ އަނެއްކާވެސް އާ ސިޔާސީ ޕާޓީއެއް އުފެއްދުންތޯ ސުވާލު ކުރައްވާފައެވެ.

އެ ޕާޓީ ރަޖިސްޓްރީ ކޮށް ދަފްތަރުގަައި ހިމެނީ އިއްޔެގެ ވަގުތެއްގައެވެ. މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން ޑިމޮކްރެޓްސްއިން ވަނީ ހާމަކޮށްފައެވެ. ބެލެވޭ ގޮތުގައި، އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ރައީސް ނަޝީދެވެ.

Ads by HDC
  1. ދީނީތާކިހާއެއްލާލީީ ކޮންއިރަކުތޯޯ ވަކަރުގެއައްވަނީީ މާއްދިއްޔަތުގެެ ދަހިވެތިކަންބޭނުންވެގެންތޯޯ މިހާރުގެެ ވެރިކަމުގައިި އިންސާނުންމަރާާ ކޮށާއުކާާ އިސްލާދީނައްް ފުރައްސާރަަ ކުރާމީހުންނައްް ހިމާޔަތާރައްކާތެރިކަންް ދީި ބޮޑަތަަ މުސާރަޔާާ އެހެނިހެންް ހަދިޔާތައްް ދޭތީި ތޯތިހާއުފާކިރަނީީ ތީތޯޯ އިސްލާމްދީނުންް އެގުނުކަންތަކަކީީ ކޮންތާކައްތޯޯ ކިވަންދިއީީ އަނެއްކާާ އެކިވާދިންް އެއްޗެއްް އެއްވެސްް މިންވަރަކައްް ދޭހަވިތޯޯ މީހުންލައްވާާ ނުބައިއެއްޗިހިގޮއްވަންނޫޅެެ އިސްލާހުވެވޭތޯމަސައްކަތްް ފައްޓަންް ފެނޭޭ