ބޮލީވުޑް މުނިފޫހިފިލުވުން

ރާހުލްއަށް ސްޓްރޯކެއް ޖެހުމުން ހޮސްޕިޓަލް ބިލު ދައްކައިދިނީ ސަލްމާން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާހުލް ރޯއީއަށް ސްޓްރޯކެއް ޖެހުމުން ފަރުވާ ހޯދަން ހަރަދުވި ފައިސާ ދެއްކީ ސަލްމާން

ނަވާރަސަތޭކައިގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "އާޝިގީ" ގެ އެކްޓަރު ރާހުލް ރޯއީއަށް ސިކުނޑީގެ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދިނުމަށް ހަރަދުވި ހުރިހާ ފައިސާއެއް ދެއްކީ އެކްޓަރު ސަލްމާން ހާންކަން ހާމަކޮށްފިއެވެ.

Ads by STELCO

މިކަން ހާމަކުރީ ރާހުލްގެ ކޮއްކޮ ޕްރިޔަންކާ ރޯއީއެވެ. ރާހުލްއަށް ސިކުނޑީގެ ސްޓްރޯކެއް ޖެހި ފަރުވާ ދިނީ 2020 ވަނަ އަހަރެވެ. ކުއްލިއަކަށް އެޑްމިޓުކޮށް ރާހުލްއަށް ފަރުވާ ދިނީ އިންޑިއާގެ ހޮސްޕިޓަލެއްގައެވެ.

އެންމެ ފުރަތަމަ ވޮކްހާޑް ހޮސްޕިޓަލުގައި ސިކުނޑިއާއި ހިތުގެ އެންޖިއޮޕްލާސްޓްރީއެއް ހަދައި އޭގެ ފަހުން ނަނަވާތީ ހޮސްޕިޓަލުގެ އައިސީޔޫގައިވެސް ރާހުލްއަށް ފަރުވާ ދިންކަމަށް ވެ އެވެ. މިކަންކަމަށް އެތައް ލައްކަ ރުޕީސްއެއް ހަރަދުވިއެވެ.

ރާހުލް އެޑްމިޓުކޮށްފައި އޮއްވާ ސަލްމާން އޭނާއަށް ގުޅައި އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވޭތޯ ސުވާލު ކުރިކަމަށް ވެއެވެ.

އެހެންނަމަވެސް އެވަގުތު އެހީތެރިކަން ބޭނުން ނުވާކަމަށް ބުނުމުންވެސް ސަލްމާން އަމިއްލައަށް ހޮސްޕިޓަލުގެ ހުރިހާ ބިލުތަކަށް ފައިސާ ދެއްކި ކަމަށް ޕްރިޔަންކާ ބުންޏެވެ. އޭނާ ސިފަ ކުރާ ގޮތުގައި ސަލްމާން އަކީ ޖަވާހިރެކެވެ.

ސަލްމާން އަކީ އިންޑިއާގެ ފަގީރުންނަށާއި އެހީތެރިކަން ބޭނުންވާ މީހުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ތަރި އެކެވެ. އޭނާ އަމިއްލަ އެންޖީއޯއެއްވެސް ހިންގައެވެ. އެ އެންޖީއޯގެ ޒަރިއްޔާއިން އެހީތެރިކަން ބޭނުންވާ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

Ads by Allied Insurance
  1. ޞަބާޙު

    އެންމެ ޝަޢުޤުވެރިވީ މަޢުލޫމާތެއް ނުލިބުން.

  2. ލަކުޑި ކަޅޭ

    ﷲސުބުހާނަހޫވަތައާލާ ސަލްމާން ޚާން ކުރާމަސައްކަތުގަބަރަކާތްލައްވާށި އާމީން