ބޮލީވުޑް މުނިފޫހިފިލުވުން

ކެޓްރީނާއާއި ދިޕިކާ ތޮޅެން ތިއްބައި، ކާމިޔާބުވީ އާލިއާއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ކެޓްރީނާ، ދިޕިކާ އަދި އާލިއާ

ޔަޝް ރާޖް ފިލްމްސްއިން ބޮލީވުޑްގެ އެންމެ ފުރަތަމަ އަންހެން ސްޕައި-އެކްޝަން ކެރެކްޓާއެއް އުފައްދާނެކަން އިއުލާން ކުރީ މީގެ ދެ އަހަރެއްވަރު ކުރިންނެވެ.

Ads by Sosun Fihaara

އާންމުކޮށް ފިރިހެނުން ބޮލީވުޑްގައި ކުޅޭ ސްޕައިއެއްގެ ރޯލު އަންހެނަކަށް ދޭން ފިލްމެއް އުފައްދަން އުޅޭ ވާހަކައާއިއެކު މިފިލްމާއި އެންމެ ބޮޑަށް ގުޅުވީ ބަތަލާ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކެއިފްގެ ނަމެވެ.

ހަށިގަނޑުގެ ބައްޓަމުން މިފަދަ ރޯލެއް އެންމެ ފިޓު ވާނީ ކެޓްރީނާ ނުވަތަ ދިޕިކާއަށް ކަމަށް އެމީހުންގެ ފޭނުންވެސް ދެކެ އެވެ. އަދިއްތިޔަ ޗޯޕްރާ ޕްރޮޑަކްޝަން ލީޑުކުރާ މި ފިލްމަށް ކެޓްރީނާވެސް އަދި ދިޕިކާވެސް ކޮންސިޑާ ކުރި އެވެ. ދެތަރިން މިފިލްމު ހޯދަން މަސައްކަތްތަކެއް ކުރިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވައިއާރުއެފްގެ ޓައިގާ ފިލްމުގައި ކެޓްރީނާގެ ބައެއް އެކްޝަން ސީންތަކެއް ހުއްޓެވެ. އަނެއްކޮޅުން ހަމަ އެކުންފުނީގެ ޕަޓާން ފިލްމުގައި ދިޕިކާގެ އެކްޝަން ސީންތަކެއްވެސް ހުއްޓެވެ. ދެ ރޯލަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ދެއަހަރު ފަހުން ފިލްމު އުފެއްދުމުގެ މަސައްކަތް ފަށާއިރު ލީޑް ރޯލު ކުޅޭނީ ބަތަލާ އާލިއާ ބަޓްކަން މިހާރު ވަނީ ހާމަވެފައެވެ. މުޅިން ކަށަވަރު ނުވިނަމަވެސް އިތުބާރު ހިފޭ ސޯސްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ އާލިއާ މިފިލްމަށް ފައިނަލް ކޮށްފައިވާ ކަމަށެވެ.

މިޚަބަރާއިއެކު ސޯޝަލް މީޑިއާގައި ރުޅިގަނޑު ބޭރުކޮށްލީ ކެޓްރީނާ އަދި ދިޕިކާގެ ފޭނުންނެވެ.

އެމީހުންނަށް އާލިއާ މިފަދަ ރޯލަކަށް އެއްވެސް ވަރަކަށް ކަމަކު ނުދިޔައެވެ.

އެހެންނަމަވެސް ވައިއާރުއެފްއިން ކެޓްރީނާއާއި ދިޕިކާ މިފިލްމަށް ނުނެގި ސަބަބުތަކެއް އެބަ ހުއްޓެވެ. އެކުންފުނިން ދަނީ ސްޕައި ޔުނިވާސްއެއް އުފައްދަމުންނެވެ. ސަލްމާން ހާން، ޝާހުރުކް ހާން، މީގެ އިތުރުން ރިތިކު ރޯޝަން މި ޔުނިވާސްއާއި މިހާރު ވަނީ ގުޅިފައެވެ. އެއީ ފިލްމު "ޓައިގާ"، "ޕަޓާން" އަދި "ވޯ" އިންނެވެ. މީގެ ތެރެއިން ޓައިގާގައި ސަލްމާން ބައިވެރިޔާގެ ރޯލު ކުޅެނީ ކެޓްރީނާއެވެ. އަދި ޕަޓާންގައި ޝާހުގެ ބައިވެރިޔާއަކީ ދިޕިކާއެވެ. އެހެންކަމުން ސްޕައި ޔުނިވާސްގައި މި ދެތަރިންނަކީވެސް ދެ ކެރެކްޓާއެވެ.

ސްޕައި ޔުނިވާސްގައި އަންހެން ލީޑް ކެރެކްޓާއެއް އުފައްދާއިރު އެރޯލު އާލިއާއަށް ދޭން އަދިއްތިޔަ ނިންމި ސަބަބަކީ މިއީކަމަށް ވުން ވަރަށް ގާތެވެ. އާލިއާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑިންގް އެއް ތަރިއެވެ. އެކްޝަން ރޯލަކުން އޭނާ އަދި ސްކްރީނުން ފެނިގެން ގޮސްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!