ސަޕޯޓަރަކާމެދު މާ ރުންކުރުކޮށް އަމަލު ކުރުމުން އަނަންނިޔާގެ ބޮޑީގާޑު ހޫނުފެނަށް
ބޮލީވުޑް ބަތަލާ އަނަންނިޔަ ޕާންޑޭގެ ސަޕޯޓަރެއް އޭނާއާއި މާ ކައިރިވާން އުޅުމުން ބޮޑީގާޑުން އަމަލުކުރި ގޮތުން ހޫނުފެނަށް ވެއްޓިއްޖެ އެވެ.
އިންޑިއާގައި ބޮލީވުޑް ތަރިންގެ ބައެއް ސަޕޯޓަރުން، ތަރިން މަގުމަތިން ފެނުމުން މާ ބޮޑަށް ކައިރިވެ ފޮޓޯ ނަގަން އުޅޭކަމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ ކަމެކެވެ. ސަޕޯޓަރުން ކަންކަން ކުރާ ގޮތުން ކައިރިވާން ނުޖެހޭ މިންވަރަށް ކައިރިވެ ޕާސަނަލް ސްޕޭސް ގެއްލޭ ހިސާބަށް ކަންކަން ދެ އެވެ.
ބޮލީވުޑް ގިނަ ތަރިންނަކީ ކައިރީގައި އެކެއް ނުވަތަ އެއަށްވުރެއް ގިނައިން ބޮޑީގާޑުން ގެންގުޅޭ ތަރިންނެވެ. ބަތަލާ އަނަންނިޔާވެސް ކޮންމެ ތާކަށް ދިޔަސް ބޮޑީގާޑުން ގެންގުޅެ އެވެ.
އަނަންނިކަ ކާރަށް އަރަން ދިޔަ މަގުމަތީގައި ސަޕޯޓަރަކު އައިސް ފޮޓޯ ނަގަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިފަހުން ވަނީ ސޯޝަލް މީޑީއާގައި އާންމުވެފަ އެވެ. އޭނާ މާ ބޮޑަށް ކައިވާން އުޅުމުން ބޮޑީގާޑު އޭނާ ކޮއްޕައިލަ އެވެ. އަދި "މިތަނުން ދުރަށް ދިޔުމަށް" އޭނާ އެދެ އެވެ.
އެހެންނަމަވެސް ފަހުން އަނަންނިޔަ އެ ސަޕޯޓަރާއިއެކު ފޮޓޯ ނަގަން ހުއްޓެ އެވެ. މިވީޑިއޯ އާންމު ވުމާއިއެކު ސަޕޯޓަރުންނަށް ބޮޑީގާޑު ކަން ކުރިގޮތް ކަމަކު ނުދިޔަ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބޮޑީގާޑު އެއަށްވުރެއް ރީތިކޮށް މީހުންނާއިމެދު ކަންކަން ކުރަން ދަސްކުރަންޖެހޭ ކަމަށެވެ.
ބައެއް ފޭނުންނަށް ބޮޑީގާޑު އަމަލު ކުރިގޮތް ރަނގަޅުވި އެވެ. އެމީހުން ބުނާ ގޮތުގައި މީގެކުރިން ބޮޑީގާޑުންގެ އިހުމާލުން ބައެއް ތަރިންނަށް އަނިޔާވެފައިވެސް އެބަ ހުއްޓެވެ. އެހެންކަމުން ބޮޑީގާޑުން ހަރުކަށިވާން ޖެހޭކަމަށް އެ ފޭނުން ގަބޫލު ކުރެ އެވެ.
އަނަންނިޔަ އެންމެ ފަހުން ފެނުނީ ސިދާންތު ޗަތުރުވޭދީ އާއިއެކު ފިލްމު "ގެހެރާއިޔާ" އިންނެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ އަޔުޝްމަން ކުރާނާއިއެކު "ޑްރީމް ގާލް 2" ގަ އެވެ.
ހާދަ މުހިންމު ޚަބަރެކޭ! މިކަހަލަ ފައިދާހުރި މުހިންމު ޚަބަރުތަށް ގެނެނސްދޭ ނޫހެއް މީ.