Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއަން ހައި ކޮމިޝަނަރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފި

އިންޑިއަން ހައި ކޮމިޝަނަރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފި
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރު މުނު މަހާވަރު، އިލެކްޝަން ކޮމިޝަން(އީސީ)އާ  ބައްދަލުކޮށްފިއެވެ.

 އީސީގެ ޓުވީޓުގައި ވާގޮތުން، އެ ބައްދަލުވުމަކީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި އީސީގެ ރައީސް ފުވާދު ތައުފީގު ހިމެނޭހެން އެ ކޮމިޝަނުގެ ބައެއް މެމްބަރުން ބައިވެރިވި އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން އީސީގެ ރައީސް ފުވާދުގެ ބަހެއް އަދި ނުލިބެ އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެހެން ފަރާތްތަކާ އެކު ވެސް ބައްދަލުވުންތަކެއް އެ ކޮމިޝަނުގައި ދަނީ ބާއްވަމުން ނެވެ. އެގޮތުން، ކޮމަންވެލްތުން ވެސް މިއަދު އީސީގެ މެމްބަރުންނާ ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އީސީން އޮތީ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ފޮނުވައިފައެވެ. މި އަހަރުގެ އިންތިހާބުގައި 8 ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނެ އެވެ. އެއީ މަދުވެގެން 150 މީހުން ވޯޓްލާން ރަޖިސްޓްކުރި ގައުމުތަކެއްގައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ އާދިއްތަ ދުވަހު ހުޅުވާލާ އިރު، އެ ފުރުސަތު އަންނަ މަހު 7 އަށް ހަމަވާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް