ޚަބަރު ސިޔާސީ

އިންތިޚާބު ފަސް ކުރުމަށް އިދިކޮޅުން ގޮވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރަން" ގޮވާލައިފިއެވެ.

Ads by STELCO

އިންތިޚާބު ފަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަން ހިނގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު، ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ.

"ރައީސް ޞާލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރު އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ. ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް ގޮވާލަން،" އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަށް ކުރައްވާ ދައުވާތަކުގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ފަށާފައިވާއިރު، އެމައްސަލައިގެ އަޑުއެހުމެއް މިއަދު 9 ޖަހާއިރަށް ވަނީ ތާވަލްކޮށްފައެވެ.

އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާއި އިދިކޮޅުން ދަނީ ކޮންމެ ރެއަކުވެސް އިޙްތިޖާޖް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!