ބޮލީވުޑް މުނިފޫހިފިލުވުން

ކެޓްރީނާއަށް 40 އަހަރު، ޕާޓީ ބޭއްވީ ރާއްޖޭގައި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވިކީ ކައުޝާލް އަދި އަންހެނުން ކެޓްރީނާ ކައިފް

ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފްގެ 40 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

Ads by Hajj Corporation

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކައުޝާލް އެ ދެމީހުންގެ އާއިލާއާއި ގާތް ރަހުމަތްތެރިންނާއިއެކު ރާއްޖެ އައީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ތިން ދުވަހު ރާއްޖޭގައި ތިބުމަށްފަހު އެމީހުން އަނބުރާ އިންޑިއާގެ މުމްބާއީއަށް ދިޔައީ އިއްޔެއެވެ.

ކެޓްރީނާއަށް 40 އަހަރު ފުރުނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާގެ ދެމަފިރިން ވަރަށް ބުރަކޮށް ޝޫޓިންގައި އުޅެމުންވެސް އުފަންދުވަސް ފާހަގަކުރަން ރާއްޖެ އައީ ކެޓްރީނާގެ 40 ވަނަ އުފަން ދުވަހަށް ވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިކީ ކެޓްރީނާއަށްވުރެއް 5 އަހަރު ކުޑައެވެ. މިދިޔަ މެއި މަހު އޭނާއަށް ވީ 35 އަހަރެވެ.

ކެޓްރީނާ އުފަންދުވަސް ފާހަގަކުރީ ރާއްޖޭގެ ކޮން ރިޒޯޓެއްގައި ކަމެއް ނޭނގެއެވެ. އޭނާއާއި ފިރިމީހާ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ. ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ.

ކެޓްރީނާ މިހާރު މަސައްކަތް ކުރަމުން ދަނީ ސަލްމާން ހާންއާއިއެކު ފިލްމު "ޓައިގާ 3" ގައެވެ. އަނެއްކޮޅުން ވިކީ މިހާރު މަސައްކަތް ކުރަމުން ދަނީ "ދުންކީ" ގައެވެ.

މިފިލްމުގައި ވިކީގެ އިތުރުން ޝާހުރުކް ހާން އާއި ތާޕްސީ ޕައްނޫވެސް ފެންނާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!