Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލެއިން ރަށްރަށަށް ދެވޭނެ އުސޫލު ހަރުކަށިކޮށްފި

މާލެއިން ރަށްރަށަށް ދެވޭނެ އުސޫލު ހަރުކަށިކޮށްފި

ކޮވިޑް-19ގެ މި ހާލަތުގައި، މާލެއިން ރަށްރަށަށް ދެވޭނެ އުސޫލު ހަރުކަށިކޮށްފިއެވެ.

ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ވަނީ މި ވަގުތު ހުއްޓައިލެވިފައިވާ ކަމަށެވެ.

އެގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ބަލާނީ ތިރީގައިވާ ފަދަ ޒަރޫރީ ޙާލަތްތަކަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

1. ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން
ދާންޖެހުން.
2. މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް
ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
3. މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
4. މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި
ދާންޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން
ނުހިމެނެއެވެ)
5. މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް
ދާންޖެހުން.

މަތީގައިވާ ފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް އެދި 2021 ޖޫން 6 ވަނަ ދުވަހުން ފެށިގެން ހުށަހަޅާނީ "ހާލުބެލުން ޕޯރޓަލް" މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައިވެއެވެ. މިގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެއެވެ.

މަތީގައި ދެންނެވިފައިވާ ފަދަ ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރު ވެސް ކަނޑައަޅައިފައިވާ ގޮތުގެ މަތިން 14 (ސާދަ) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 (ސާދަ) ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނައްސި ވުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް