ޚަބަރު ސިޔާސީ

ރައީީސް ޞާލިޙު ބޮޑު ތިލަދުންމައްޗަށް ވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ ކެމްޕެއިނުގައި ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހއ.އަތޮޅަށް ދަތުރުފުޅު ފައްޓަވައިފިއެވެ.

Ads by Hajj Corporation

ކެމްޕެއިން ޓީމާއެކު މިއަދު އެ މަނިކުފާނު ހއ.ހޯރަފުއްޓަށް ވަނީ ވަޑައިގެންފައެވެ. އެ ރަށުން އެމަނިކުފާނުގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހޯރަފުށީގެ އިތުރުން، ތުރާކުނާއި، އުލިގަމާއި، މޮޅަދޫގެ އިތުރުން އިހަވަންދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގައި ރައީސް ޞާލިޙު ވަނީ ކ.އަތޮޅަށާއި، ށ.އަތޮޅަށާއި، މ އަދި ވ އަތޮޅަށް ވެސް ވަޑައިގެންފައެވެ. ރައީސް ޞާލިޙު އަތޮޅުތެރޭގެ ކެމްޕެއިން ފެއްޓެވީ ށ އަތޮޅުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!