ޚަބަރު ސިޔާސީ

ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރުދީ މުސްލިމުން ކާފަރުކުރަމުން ދިޔުމަކީ ނުރައްކަލެއް: ޝެއިޚް އިލްޔާސް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސިޔާސީ މަންފާއަށް ހަރުކަށި ފިކުރައް ހިތްވަރުދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ނުރައްކަލެއް ކަމަށް ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ފަހަކަށް އައިސް އަދާލަތު ޕާޓީ އާ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ ނުވަތަ "ތަކްފީރީ" ވިސްނުންތަކުގެ ފަރުދުން ކުރިއަށް ނެރޭކަމަށެވެ.

އަދި ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ޤައުމަށް އޮތް ނުރައްކަލެއްކަމަށާއި މިފަދަ ކަންކަން ހުއްޓައިލުމަށް އިލްޔާސްވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި މީހުން ނޫޅޭ ކަމަށް ކުރީގެ ސަރުކާރުތަކުން ބުނެފައިވާކަމަށާއި، އެއީ ރާއްޖޭގައި އޮތް ކަމެއްކަން މި ސަރުކާރުން ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

އަދި އިސްލާމް ދީނުގެ ޞައްޙަ އަޤީދާ އަންގައިދިނުމުގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވިކަމަށް ވެސް ވިދާޅުވެފައިވެއެވެ.

  1. ދޮށީބޭ

    ކޮންމެވެސް އެއްޗެކޭކިޔައިގެން ކެމްޕޭން ފެށުމާއެކު އަނގަފެޅީ.މަކަރުގަދަ.

  2. އެކުވެރިޔާ

    އިލްޔާސަށް ކިޔޭ ނުކިޔޭ އެގޭބާ