Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޕާޓީތަކުން ނެރޭ ކޮމަން ކެންޑިޑޭޓަކަށް ވާންވާނީ ރައީސް ޔާމީން: އިދިކޮޅު

ޕާޓީތަކުން ނެރޭ ކޮމަން ކެންޑިޑޭޓަކަށް ވާންވާނީ ރައީސް ޔާމީން: އިދިކޮޅު

އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާއި ވާދަކުރުމަށް ޕާޓީތައް އެކުވެގެން ނެރޭ ކެންޑިޑޭޓަކަށް ވާންވާނީ ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓްކަމުގައިވާ ރައީސް އަބްދުﷲ ޔާމީން ކަމަށް އެކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޞާލިހުގެ ވެރިކަން ނިންމުމަށްޓަކައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މަރުހަބާ ދަންނަވާކަމަށާއި ޝުކުރު ދަންނަވާކަމަށެވެ.

ޕީޕީއެމްއިން ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސް އަދި އެމްއެންޕީއަށް އެއްބަސްވެފައިވަނީ އެޕާޓީތަކުން ޖޭޕީގެ މައި ހަރުގެ ކަމުގައިވާ މ.ކުނޫޒުގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން، އެ ތިން ޕާޓީއަށްވެސް އެއްބަސްވެވުނީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްކަމަށާއި ޕީޕީއެމްއާއެކުވެސް އެކަމުގެ ވާހަކަދައްކަވާނެކަމަށް އެޕާޓީތަކުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް