155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމު ކުރަނީ

155 ރަށެއްގެ 155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެދިލެއްވުމުގެ މަތިން 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް އެމިނިސްޓްރީން ހޯދަން ބޭނުންވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މި މަސައްކަތަށް އެދި ހުށައަޅާ ބިޑުތައް ހުޅުވުން އޮންނާނީ 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00:00 ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.