ޚަބަރު ސިޔާސީ

އެމްޑީޕީ ތެރޭގައި އުފެދުނު ހުދުމުޚުތާރުކަން ނައްތައިލަން އުފެއްދި ހުޅުކޮޅަކީ ޑިމޮކްރެޓްސް: ބޮންޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީއަކީ ޑިމޮކްރެޓިކް އިންތިހާބެއް ނޫން ކަމަށް މުޅި ދުނިޔެ ހެކިވާނެެ ކަމަށާއި އެމްޑީޕީ ތެރޭގައި އުފެދުނު ހުދުމުޚްތާރުކަން ނައްތައިލަން އުފެއްދި ހުޅުކޮޅަކީ ދި ޑިމޮކްރެޓްސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓިނު ގޮޅީގެ ވާހަކަ މިހިސާބުން ނިންމާލައިގެން މި ޤައުމަށް ފަރުޖެއްސޭކަށް ނެތް ކަމަށެވެ.

"އެމްޑީޕީ ތެރޭގައި އުފެދުނު ހުދުމުޚުތާރުކަން ނައްތައިލަން އުފެއްދި ހުޅުކޮޅަކީ ދި ޑިމޮކްރަޓްސް. މި ދަންމަރުގައި ހިފަންޖެހޭނީ 2008 ހުދުމުހުތާރު ވެރިކަން ނައްތާލަން ދޫނިދޫ ޓިނު ގޮޅީގައި އިން އެކަނިވެރި ފަރާތް. ޓިނު ގޮޅީގެ ވާހަކަ މިހިސާބުން ނިންމާލައިގެން މި ޤައުމަށް ފަރުޖެއްސޭކަށްނެތް." ބޮންޑޭ ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދު ޖަލުގައި ހުންނެވި ދުވަސްވަރު ހައްޔަރުކޮށްފައި ހުރި ޓިނު ގޮޅިކަމަށް ބުނެ ދައުރު ކުރަމުން އަންނަ ފޮޓޯ އާއެކު ބޮންޑޭ މިއަދު ދަ ޑިމޮކްރަޓްސްގެ ވާހަކަދެއްކުމުން ބައެއް ފަރާތްތަކުން ވަނީ އޭނާއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިގޮތުން އެފޮޓޯއަށް ބަލައިގެން ރައީސް ނަޝީދަށް ވެރިކަން ދީފައިވާނެ ކަމަށް އެއްބަޔަކު ބުނެފައިވެއެވެ.

Ads by HDC
  1. ހުސޭނުބެ

    ބޮންޑޭއަށް އަދިކިރިޔާ ތިޔަ ދެވުނީ ޚުދުމުހްތާރުގެ ރަސްގެފާނުގެ ޕާރޓީއަށެވެ. އުފާވެރި ހަބަރަކީ ތިޔަ ޕާރޓީއަށް ދެން މަޖްލިސް ގޮނޑިގަޑެއްވެސް ނުލިބޭނެތީއެވެ. ތިޔައީ ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑުވެސް ގެއްލުމުގެ ފުރިހަމަ މިސާލެކެވެ.