ޚަބަރު

އިދިކޮޅުން މަޝްވަރާ ކުރަމުން އަންނަ ކޮމަން ކެނޑިޑޭޓަކަށް ރޮޒައިނާ ދެއްކެވީ ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަން ކެންޑިޑޭޓަކީ ރައީސް ސާލިހު އެކަނި ކަމަށާއި, އެއަށްވުރެ ރަނގަޅު "ޗޮއިސް"އެއް ނެތްކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ރައީސް ސާލިހު ވައްކަންކުރެއްވި ކަމަށް ބުނުމުން ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އިދިކޮޅުން ގޮވާލުމުން މީހުން މުޒާހަރާއަށް ނުނިކުންނަނީ ރައީސް ސާލިހު ވައްކަންކުރެއްވި ކަމަށް އެމީހުން ގަބޫލުނުކުރާތީ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ވައުދުފުޅެއް ވެވަޑައިގެންފިނަމަ އެ ވައުދުފުޅު ފުއްދަވާކަމަށާއި، 2018ގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާ ވާހަކަ، ދާ ކޮންމެ ރަށަކުން ދައްކާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ސާލިހަކީ ކާކުކަން މިހާރު ރައްޔިތުންނަށް އެނގޭކަމަށާއި، ރައްޔިތުން ދެކެ ރައީސް ވާ ލޯބި ރައްޔިތުންނަށް ފެނިއްޖެކަމަށް ވިދާޅުވިއެވެ. އަދި ރައީސަކީ މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އަމިއްލަ ޕާޓީގެ ތެރެއިން މެމްބަރުން ނިކުމެ، އެމަނިކުފާނާ އިދިކޮޅަށް އެއްޗެހި ކިޔުމުންވެސް ރައީސް އެއްވެސް އެއްޗެއް ވިދާޅުނުވުމުން އެމަނިކުފާނުގެ ކެތްތެރިކަން އެކަމުން ހާމަވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ އިތުރަށް ވިދާޅުވީ އެންމެންވެސް ރައީސް ސާލިހުދެކެ ލޯބިވާކަމަށެވެ. މިފަހަރުގެ އިންތިޚާބުގައިވެސް ރައީސް ސާލިހު އިންތިޚާބު ކުރާނީ އެއްބުރުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

Ads by HDC
  1. ދިމްނާ

    ކަލޭ ބަޗާނެ ސެޕްޓެމްބަރ 9 ގެ ފަހުން.އަނގައަރުވަނީ މިއޮތްދުވަސްކޮޅުވެސް އެއްޗެއް ލިބޭތޯ.