ޚަބަރު ސިޔާސީ

ޓޮމް ޕޮލިހަށް ހާޒިރު ކޮށްފި 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

Ads by Hajj Corporation

މިކަން ހާމަކުރައްވައި، އޭނާ ކުރި ޓްވީޓެއްގައިގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، އޭނާ ޕޮލިހަށް ހާޒިރު ކުރި ސަބަބެއް ބަޔާން ކޮށްފައެއް ނުވެއެވެ.

"މޯލްޑިވްސް ޕޮލިސްއަށް ހާޒިރުވާން ޗިޓް ލިބިފައިވާތީ މިދަނީ ޕޮލިސްއަށް. ޖާމިނުކޮށް ހައްޔަރުކޮށްފައި، ރައީސް ޔާމީން ދޫކޮށް ދެއްވާ." ޓޮމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޓޮމް ފުލުހުން އިދާރައަށް ހާޒިރުކޮށްފައިވާ ސަބަބުން ހާމަކޮށްފައިވާނުވާ އިރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު ޝިޕްގައި ހިމެނޭ އިސްފަރާތްތަކުން ވަނީ ޖުމްހޫރީ މައިދާނުގައި އިޙްތިޖާޖް ކޮށްފައެވެ. އަދި އެދުވަހުގެ އިޙްތިޖާޖް ކަވަރ ކުރި ނޫސްވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅައި ބައެއް ނޫސްވެރިންނަށް އަނިޔާ ވާހެން އަމަލުކޮށްފައިވެއެވެ. މި އިޙްތިޖާޖުގައި ޓޮމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!