ޚަބަރު ސިޔާސީ

އިތުބާރު ނެތް ކަމަށް ފާސްކުރީ ޕްރެޝަރު ކުރަން, ކިތަންމެ އުނދަގޫ ކުރިޔަސް އިސްތިއުފާ ނުދޭނަން: ފުއާދު 

ރައުފާ ރަޝީދު ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް/ ފޮޓޯ: އަވަސް

އިތުބާރު ނެތް ކަމަށް ފާސްކުރީ ޕްރެޝަރު ކުރަން ކަމަށާއި ކިތަންމެ އުނދަގޫ ކުރިޔަސް އިސްތިއުފާ ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުއާދު މިފަދައިން ވިދާޅުވީ ފުއާދުގެ އިތުބާރު ނެތްކަމަށް ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކު ފާސްކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ފުއާދު ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ޤާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާއާ މެދު މެމްބަރުން ހިތްހަމަނުޖެހިގެން އުޅެނީ ބައެއް ކަންކަން ދިގުދަންމަން ބޭނުންވިޔަސް އެ ފުރުސަތު ނުދެއްވާތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި އެކަން ކުރެއްވީ ޕްރެޝަރު ކުރުވަން ކަަމަށާއި މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެއެވެ. ޤާނޫނު އޮތް ގޮތުން ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ.

އެ ކޮމިޝަނުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތިގައި ޑމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރައްވާތީ އެކަން ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ފުއާދު ހުންނަވައި ކަމަށެވެ.

ކޮމިޝަނުގެ ރައީސް ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ނައިބު ރައީސް އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!