ޚަބަރު ސިޔާސީ

މުސާރަބޮޑެތި ވަޒީފާތައް ދިވެހިންނަށް އަދާކުރެވޭނޭ ގޮތް  ހަމަޖައްސައިދޭނަން: ނާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނާޒިމްގެ ވެރިކަމެއްގައި ދިވެހިރާއްޖޭގައި ހުރި މުސާރަބޮޑެތި ވަޒީފާތައް ދިވެހިންނަށް އަދާކުރެވޭނޭ ގޮތެއް ހަމަޖެއްސުމަށްޓަކައި އެދާއިރާތަކަށް ޚާއްޞަ ސްކޮލަރޝިޕްތަކެއް ތަޢާރުފުކުރާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދިވެހި ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ޙާލަތު އަދި ކުރިމަގު އޮތްގޮތާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް މިރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި އެމްއެންޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ނާޒިމްގެ ސަރުކާރެއްގައި، ރިސޯޓުތަކުގައި މިޔުޒިކް ކުޅުމާއި، އަދި ކުރެހުމާއި، ސޮވެނިޔަރ ފިހާރަތަކާއި އަދި ޕޮޓޮގްރަފީގެ ފަދަ މަސައްކަތްތަކަކީ ދިވެހިންނަށް ޚާއްޞަކުރަންޖެހޭ މަސައްކަތްތައް ކަމުގައި ހަމަޖައްސާނެކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އާޓްސްއާއި ފަންނުގެ ތަކުގެ ޒަރީޢާއިން މަތީ ތަޢުލީމަށް ޚާއްޞަކުރެވޭ ޔުނިވަރސިޓިއެއް ހުޅުވާ އެފަދަ ކަންކަން ދިރުވާނެ ކަމަށެވެ.

އަދި ހަމައެހެންމެ ބޯޓް ބިލްޑިންގެ އިންޑަސްޓްރީއަށް ޚައްޞަކުރެވޭ ވަކި ރަށެއް ޚާއްޞަކުރެވޭނެ ކަމަށާއި ތިލަފުށީގައި ބިންދޫކޮށްފައިވާ ބިމުގެ ރޭޓުތައް ބޭރުމީހުންނަށް ދީފައިވާ ހެޔޮ އަގުތައް ބަދަލުކޮށް ދިވެހިންނަށް އިސްކަންދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ބޯޓު ބިލްޑަރުންނަކީ މޮޅު ފަންނީ ބަޔެއް. ދިވެހިންގެ އިންޑަސްޓްރީއެއް އޮތްކަމެއް ބޭރުމީހަކަށް ނުދޭނަން" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނާޒިމްގެ ސަރުކާރެއްގައި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ ކަމަށާއި ދޯނީގައި މަސްބފިނިކުރެވޭނޭ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. މީގެ އިތުރުން މަހުގެ އަގު 22 ރުފިޔާއަށް ބަދަލުކޮށްދީ ޒަމާނީ ޓެކްނޮލޮޖީ އާއެކު މަސް އުޅޭ ސަރަޙައްދު ހޯދޭނޭގޮތް ހަމަޖައްސައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ބަންނަ އުޅަނދުފަހަރަކީ މޮޑަން ޑިޒައިންކަމުގައި ހަދައިދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!