ބޮލީވުޑް މުނިފޫހިފިލުވުން

އަންހެނުން ބުނާ ބަސް އަބަދުވެސް އަހަން، ދުވަހަކުވެސް ދޮގެއް ނުހަދާނެ: ވިކީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބޮލީވުޑް އެކްޓަރު ވިކީ ކައުޝާލް މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ކައިވެނީގެ ގޮތުން ގުޅުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ކެޓްރީނާއަކީ އުމުރުގެ ގޮތުންވެސް އަދި ބޮލީވުޑްގައި ތަޖުރިބާގެ ގޮތުންވެސް ވިކީއަށްވުރެއް ދޮށީ މީހެކެވެ.

Ads by MWSC

ކެޓްރީނާއަކީ ވޭތުވެ ދިޔަ މަދު އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ޑިމާންޑިންގް އަދި އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އޭނާ ވަކީ ކާމިޔާބު އެތައް ފިލްމުތަކަކުން ސަޕޯޓަރުންގެ ހިތްތައް ދަމައިގެންފަ އެވެ. އަނެއްކޮޅުން ވިކީ އަކީވެސް ކުޅަދާނަ އެކްޓަރެކެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވިކީ ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު މިމަހު ސިނަމާގައި އަޅުވާފައިވާއިރު އޭގައި ފެންނަނީ ވިކީގެ އިތުރުން ބަތަލާ ސާރާ އަލީ ހާން އެވެ. ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ ވެގެން ދިޔައީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ހޯދި ފިލްމަކަށެވެ.

ފިލްމުގެ ކާމިޔާބީއަށްފަހު ވިކީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކާމިޔާބީގެ ބޮޑު ބައެއް އަންހެނުން ކެޓްރީނާ ހިއްސާކުރާ ކަމަށެވެ. އެގޮތުން ފިލްމު ބަލާފައި ނުވަތަ ފިލްމުގެ ޓްރެއިލާ ބަލާފައި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދޭ ކަމަށެވެ. އަދި އެއްވެސް ދޮގަކާއި ނުލައި ވިކީގެ އެކްޓިންއަށް ކެޓްރީނާ ކޮމެންޓު ކުރާކަމަށް ވިކީ ކިޔައިދިނެވެ.

ވިކީ ބުނީ އެހެންވެ ކެޓްރީނާ ބުނާ ބަސް އަބަދުވެސް އަހާ ކަމަށެވެ. އަދި ކަމެއް ރަނގަޅު ކުރަން ބުނުމުން ލަސްނުކޮށް އެކަމެއް ރަނގަޅުކުރަން މަސައްކަތް ފަށާކަމަށްވެސް އޭނާ ބުންޏެވެ. ނިންމުންތައް ނިންމާއިރުވެސް ބައެއް ފަހަރު ވިކީއަށް އުނދަގޫވާ ކަމަށާއި އެކަމުގައިވެސް ކެޓްރީނާގެ ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ވިކީ ބުންޏެވެ.

ވިކީގެ "ސާމް ބަހާދުރު" ރިލީޒްކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަނެއްކޮޅުން ކެޓްރީނާގެ "ޓައިގާ 3" ވެސް މިއަހަރު ރިލީޒް ކުރާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!