ޚަބަރު ސިޔާސީ

ފުއާދަކީ ނަޒާހަތްތެރިއެއް، ދައުލަތުގެ އެންމެ މަތީ އިއްޒަތް ޙައްޤު: ޝަހީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް ފުއާދު ތައުފީޤުގެ ނަޒާހަތްތެރި ކަމަށްޓަކައި، ދައުލަތުގެ އެންމެ މަތީ އިއްޒަތް ހައްޤު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީދު މިހެން ވިދާޅުވެފައިވަނީ ފުއާދުގެ އިތުބާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތިން މެމްބަރުންގެ ވޯޓުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ކޮމިޝަނުގެ މެމްބަރުކަމުން ކަމުން ފުއާދު ދުރުކުރުމުގެ ބާރެއް ކޮމިޝަނުގެ މެމްބަރުންނަށް ލިބިގެނެއް ނުވެއެވެ. އެ ބާރު އޮންނަަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޒާހަތްތެރިކަމަށް ބަލާފައި ފުއާދަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް ހައްޤުވާ ކަމަށެވެ.

ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާއި ގުޅިގެން އޭނާ ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ޤާނޫނާ ހިލާފަށް ކަމަށެވެ.

އަދި އޭނާއާ މެދު މެމްބަރުން ހިތްހަމަނުޖެހިގެން އުޅެނީ ބައެއް ކަންކަން ދިގުދަންމަން ބޭނުންވިޔަސް އެ ފުރުސަތު ނުދެއްވާތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި އެކަން ކުރެއްވީ ޕްރެޝަރު ކުރުވަން ކަަމަށާއި މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެއެވެ. ޤާނޫނު އޮތް ގޮތުން ފުއާދު އިސްތިއުފާ ނުދެއްވާކަމުގައި ވާނަމަ ކޮމިޝަނުން މިހެން ނަގާވޯޓަކުން އޭނާގެ މަޤާމު ނުގެއްލޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!