މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އަރުވަނީ

މިނިވަން ދުވަހުގެ މުނާޞަބަތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 އާއި 22:30 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
"58 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިރޭ 22:00 އާއި 22:30 އާއި ދެމެދުގެ ވަގުތެއްގައި، ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ދާނީ 8 މިނެޓެއްހާއިރުއެވެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިނިވަން އުފާ ކާނިވާ" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހުޅުވާނެއެވެ. ހޯމް މިނިސްޓްރީން ބުނިގޮތުގައި މި ކާނިވާ ހުޅުވައި ދެއްވާނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ކާނިވާ ހުޅުވާނީ މިރޭ 2030 ގައި ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތު ދެއްވައެވެ.