ޚަބަރު އިޖުތިމާޢީ

ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސްގަނަގާ މިންވަރު އިތުރުވެފައިވާކަން އެ ކުންފުންޏަށްވަނީ ފާހަގަކުރެވިފައި ކަމަށާއި އެހެންނަމަވެސް ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

Ads by MWSC

އެސްޓީއޯއިން ބުނި ގޮތުގައި އެކުންފުނން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލި އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ބެލިގެން ކަމަށެވެ.

"ރާއްޖޭގައި މޫސުމީ ރޯގާތަށް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ މި ކުންފުނިން ފޯރުކޮށްދެވެމުން ދެއެވެ. މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީނަމަވެސް މި ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވަމެވެ." އެސްޓީއޯއިން މައުލޫމާތު ދެއްވިއެވެ.

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ރޯގާ ފެތުރެމުންދާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަށައިފައިކަމަށް އެއެޖެންސީއިން ބުނެއެވެ.

އަދި ބަލި ފެތުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ހޮސްޕިޓަލްތައް އިމަޖެންސީ ހާލަތަށް ވަނީ ގެނެސްފައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ, އޭޑީކޭގައި ހޮނޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ގިނަ އަދަދެއްގެ ކުދިން ދައްކަމުން އަންނަ ކަމަށެވެ. އަދި ބޯފެނަކީ ތަޣައްޔަރުވެފައި ނުވާ ފެނެއް ކަމަށް ޔަޤީން ކުރުމަށާއި, ބޯފެން ފިލްޓަރު ނުވަތަ ކައްކައިގެން ބުއިއެއް ވަނީ އިރުޝާދު ދެއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!