Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އުމަރު، އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ހަމަކޮށްފި

އުމަރު، އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ހަމަކޮށްފި

އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

މިކަން އިއުލާނުކޮށް މިއަދު ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވެއްގައި އުމަރު ވިދާޅުވީ އޭނާއަށް ތާއިދުކޮށް 2000 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

"މި ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކު ބަދަލުކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން. މިއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން ހިންގާ ކެމްޕެއިނެއް،" އުމަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އޭނާ ވިދާޅުވީ ސޮއި ހަމަކޮށްފައިވަނީ ފަސް ދުވަހުން ކަމަށާއި ވަރަށް ގިނަ އަދަދެއްގެ އާންމުން މިކަމުގައި ބައިވެރިވަމުންދާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއްވި ގޮތުގައި ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 (އެއްހާސް ފައްސަތޭކަ) މީހުން އެމީހަކަށް ތާއީދުކުރާކަން ދައްކައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި ހިމެނޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައެވެ. މިގޮތުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް