ޚަބަރު އިޖުތިމާޢީ

މިރޭ ހަވާ އެރުވުން ވެސް ކެންސަލް! 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިނިވަން ދުވަހުގެ މުނާޞަބަތުގައި މިރޭ ސެންޓްރަލް ޕާކް ގައި ހަވާ އެރުވުވުމަށް ކުރިން ތާވަލްކުރި ނަމަވެސް އެއިވެންޓު ފަހުގެ ތާރީޚަކަށް ބަދަލުކޮށްދިފިއެެޗެ.

Ads by MWSC

އެމްއެންޑީއެފުން ބުނިގޮތުގައި ހަވާ އެރުވުމަށް ދެން ހަމަޖެހިފައިވާ ދުވަސް ފަހުން އިޢުލާންކުރެވޭނެއެވެ.

‏"58 ވަނަ މިނިވަން ދުވަހާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ އެރުވުމަށް ހަމަޖެހިފައިވާ ހަވާ، އެހެން ތާރީޚަކަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން. ހަވާ އެރުވުމަށް ދެން ހަމަޖެހިފައިވާ ދުވަސް ފަހުން އިޢުލާންކުރެވޭނެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރު ވެފައިވާތީ، މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ނިންމި މިނިވަން އުފާ ކާނިވާ ހުޅުވުންވެސް ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ.

ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވަން ނިންމި އެ ކާނިވާ ބޭއްވުން ފަސްކުރީ މިހާރު މާލޭގައި ފެތުރެމުން އަންނަ ރޯގާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތީން ކަމަށް އާބަންކޯ އިން މިއަދު ބުންޏެވެ.

އަދި ބުނީ ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރެވިގެން ދާނެ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!