ޚަބަރު

މިނިވަން އުފާ ކާނިވަލް ރައީސް ޞާލިޙް ހުޅުވާދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ހުޅުއްވައި ދެއްވައިފި އެވެ.

Ads by MWSC

ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ކުރިޔަށް ގެންދާ މި ކާނިވާ ކުރިޔަށްދާނީ، މިރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފަ އެވެ. މިގޮތުން، ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އަދި ހަވާގެ ކުޅިވަރުތައް ބައްލަވާލެއްވި އެވެ.

މިނިވަން ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިޔަށް ގެންދާ މިކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި އުރީދޫގެ އިތުރުން އެސްޓީއޯއާ ސްޓެލްކޯއާ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެކެވެ. މިކާނިވަލުގެ ފުރަތަމަ ރެއަށް ޚާއްސަކޮށްގެން ބޭއްވި ޙަރަކާތްތަކުގެ ތެރޭގައި ޑްރޯން ޝޯވ އަދި ހަވާއެރުވުން ހިމެނެ އެވެ.

މިނިވަން އުފާ ކާނިވަލަށް ވަންނަން އެއްވެސް އަގެން ނުނަގާނަ އެވެ. ގިނަ އަދަދެއް ސްޓޯލްތައް ހިމެނޭ މި ކާނިވަލުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަ އެވެ. މިގޮތުން ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީޝިއާގެ ބާލީއަށް 7 ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!