ޚަބަރު ސިޔާސީ

ރައީސް ޞާލިޙް މަސްތުވާތަކެތި ވިއްކަން ތާއީދުކުރައްވާ ވާހަކައަކީ "ޔޯލަ" ވާހަކައެއް ނޫން: ޖަމީލް 

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, މަސްތުވާތަކެތި ވިއްކަވަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަކީ "ޔޯލަ" ވާހަކައެއް ނޫންކަމަށް ކުރީގެ ނައިބުރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙް ދީނީ ކާޑު ކުޅެން އަދާލަތު ޕާޓީ ބޭނުން ކުރާ ގޮތަށް މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯދުމަށް ވަކި މީހަކު ބޭނުން ކުރަމުންދާކަމަށާއި ރައިސް ޞާލިޙު އެކަމާއި ގުޅިގެން ހަނު ހުންނެވުން އެއީ އޭގެ ފުރިހަމަ ދަލީލެއްކަމަށެވެ.

ރައީސް ޞާލިޙް އަކީ މަސްތުވާތަކެތި ވިއްކަވަން ތާއީދުކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ އަބްދުﷲ ޖާބިރުއާ ގުޅިގެންވެސް ވާހަކަފުޅު ދައްކަވާފައެވެ.

"ރައީސް ޞާލިޙްގެ އެއް ބައިވެރިއެއް, ޖާބިރު އެބަ ބުނުއްވާ, ރަައީސް ޞާލިޙް އަދި އިތުރަށް މަސްތުވާތަކެތި ފަސޭހަކޮށްދެއްވާނެ ވާހަކަ. އަޅުގަނޑަށް ނުފެނޭ މަޖަލަކަށް ހަދައިގެން ވެސް މި ބާވަތުގެ ވާހަކަ ދައްކާކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިޝާރާތް ކުރެއްވީ, ސީއެންއެމްގެ ޕްރޮގްރާމެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅަށެވެ. އެގޮތުން ޖާބިރު ވަނީ ދެވަަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވިއްޖެނަމަ މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސެންްސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައިނުވާއިރު، ޖާބިރު ދަނީ ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ވަރަށް އެކްޓިވްކޮށް, ކެންޕޭންގައި މަސައްކަތް ކުރައްވަމުންނެވެ.

"ރައީސް ޞާލިޙް ވެސް އަތް ޖައްސަވަންށޭ މި އިންނަވަނީ, އެއީ މަޖާ ކަމެއް ނޫން. އަދި ޖާބިރު އަބަދު ދައްކަވާ ވާހަކަ ވެސް މަޖަލެއް ނޫން. އެހެން ވާހަކަ ދެއްކެވީމަ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުން އަރައިގެންދަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، "ވަގުތު" ޓީވީން ކޮންމެ ހަފްތާއަކު އެއް ފަހަރު ގެނެސްދޭ "ހޫނު ގޮނޑި" ޕްރޮގްރާމްގައި، ޖާބިރު މަސްތުވާތަކެތި ނުވަތަ ބަނގުރާ ބޭނުންކުރައްވަންތޯ، އެ ޕްރޮގްރާމު ހުށަހަޅުއްވައިދެއްވަން އިންނެވި ބޭފުޅާ އެއްސެވުމުން، މަސްތުވާތަކެތި ބޭނުންކޮށް އެ ބޮއެގެން މަސްތުވެގެން އުޅޭނަމަ ބޮޑު ވިޔަފާރި ވެރިޔަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އަދި އެސުވާލު ކުރެއްވުމާއެކު އެފަދަ އެއްވެސް ކަމެއް ޖާބިރުގެ މައްޗަށް ސާބިތުވެފައިނެތްކަމަށް ވިދާޅުވެ، އެފަދަ ސުވާލެއް ކުރެއްވުމުން އެއީ ސާބިތު ނުހިފޭ ކަމެއްކަމަށް ވިދާޅުވެ ޖާބިރު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. "ހޫނު ގޮނޑި" ޕްރޮގްރާމަކީ ސިޔާސީ އެކިއެކި ބޭފުޅުންނާ ދޭތެރޭގައި ރައްޔިތުން އާންމުގޮތެއްގައި އަހައި އުޅޭ އެކިއެކި ސުވާލުތަކައް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ads by Allied Insurance
  1. އަބްދޫ

    މަސްތުވާތަކެރި ހިކިއެއްޗެތިގިނަވީމަ ދިޔާތަކެއްޗަށް ދާންބުނީ ނަސީދު. މަސްތުވަތަކެއްޗަށްޕޮޒިޓިވް ވެގެން ފުރަތަމަ ހައްޔރުކުރީ ނަސީދު ގެ ބެސްޓް ފްރެންޑް ދޯ. މިވަރު މަސްތުވަތަކެތި ރާއްޖެއަސް ފުރަތަމަ އެތެރެވާންފެށިގޮތަ ދިރާސާކުރައވާ.

  2. މާސްވީ

    ކަލޭވެސް މިހާރު ތިހިރީ ވަގެއްގެ މައްޗަށް އަރާ މަސްތުވެފަ..