ޚަބަރު ސިޔާސީ

ޝުޖާޢުގެ ރައްދު ފައްޔާޒަށް: އަޑު ގަދަ މީހާ ރުއް ގިނަވާ ޒަމާާން ނިމިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނަށް ހުރަސް އަޅާނަމަ، އިދިކޮޅުގެ ބޭފުޅުންނަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވުމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ، ފުވައްމުލައް ސިޓީގައި ބޭއްވި ރައީސް ޞާލިޙުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައެވެ.

އޭނާ ރޭގެ ޖަލްސާގައި ވިދާޅުވީ، ރައީސް ޞާލިޙުގެ ކެމްޕޭނަށް ހުރަސްއަޅާނަމަ، ރާއްޖޭގެ އެއްވެސް ރަށެއްގައި ވެސް އިދިކޮޅުގެ ބޭފުޅުންނަކަށް ކެމްޕޭނެއް ނުކުރެއްވޭނެ ކަަމަށެވެ.

އެކަމަށް ރައްދު ދެއްވައި ޝުޖާޢު ވިދާޅުވީ މުޒާހަރާ ކުރަނީ ޙައްޤުތަކެއް ގެއްލިގެން ކަމަށާއި، އެންމެ ބުއްދިވެރި ގޮތަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލާގެ ތެރެއަށް ސަރުކާރުން ނުވަދެ މިނިވަންކަމާއެކު ފަނޑިޔާރުގެ ހިންގޭނެ ގޮތެއް ހެދުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު، ފައްޔާޒަށް ރައްދު ދެއްވަމުން ޝުޖާޢު އިތުރަށް ވިދާޅުވީ އަޑުގަދަ މީހާ ރުއްގިނަ ޒަމާން މިހާރު ނިމިއްޖެ ކަމަށާއި، އެމްޑީޕީގެ އެއްވެސް މީހެއް ދެކެ ޕީޕީއެމް-ޕީއެންސީ ގްރާސްރޫޓް ބިރެއް ނުގަންނާނެ ކަމަށެވެ.

ފަސް އަހަރުގެ ތެރޭގައި ގްރާސްރޫޓަށް އެ ތަމްރީނު ދެވިފައިވާ ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.

  1. އިއްބެ

    އެޒަމާނަކީދުނިޔެދެމިއޮއްހައިހިދަކުހިގާނެކަންކަން

  2. އިއްބެ

    އުނިނުބާހިތްގޮވާލާފިޔޭހަރިއަޑުން ދުނިޔެފެށުނީެްސުރެންއޮންނަހަނގުރާމައޭ

  3. ގެޓު

    މީގަ މާ އަޑެއް ގަދަ ކުރާކަށް ނުޖެހެއޭ ބުރޯ.. ކަލޭމެންގެ ކެނޑިޑޭޓު ރަށްރަށަށް އަރާ ގަޑީގަ މިކޮޅު ސަޕޯޓަރުންނެރެ ހޯބޯ ލަވާ ޖެއްސުން ކުރީމަ އެ ނިމުނީ ހިސާބު ބަރާބަރު.. ކަލޭމެމް ހަމަ ކަންކުރާ ގޮތް..ދެން ފުލުހުން ސަފަކަށް އަތުރާފަ ފޮޓޯކޮޅެއް ކަނޑާލާނީ.. އެއީތާ މިކަން އޮންނާނެ ގޮތަކީ. ގެޓުވެބަ..