ޚަބަރު ސިޔާސީ

ސިޔާސީ ގޮތުން ލޯ ކަނު، ބީރު ނޫން މީހަކަށް ވެއްޖެއްޔާ ތަރައްޤީ ފެންނާނެ: މަހްލޫފް 

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސިޔާސީ ގޮތުން ލޯ ކަނު، ބީރު މީހެއް ނޫންނަމަ މި ސަރުކާރުން ރާއްޖެއަށް ގެނެސްދޭ ތަރައްޤީ ފެންނާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ށ. މިލަންދޫއަށް ވަޑައިގެން އެރަށުގައި ތިއްބަވާ އެމްޑީޕީއަށް ތާއީދުކުރައްވާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ، ބައެއް މީހުންނަށް ރަނގަޅު އެއްވެސް ގޮތެއް ނެތް ކަމަށާއި މި ސަރުކާރުން ރާއްޖެ އަށް ގެނެސްދޭ ތަރައްގީ ލޮލަށް މިރުސް އެޅިފައި ނެތް މީހަކަށް ފެންނާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ލޯ ކަނު، ބީރު ނޫން މީހަކަށް ވެއްޖެއްޔާ ހަމަގައިމު ވެސް ފެންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ޞާލިޙުގެ އަރިހުގައި އެޑްވާންސް ޓީމާއެކު ގާތްގަނޑަކަށް 55 ރަށަކަށް ދަތުރުކޮށްފައިވާ ކަމަށާއި އެ ރަށްތަކުގެ މެޖޯރިޓީ ރައީސް ޞާލިޙަށް ލިބިވަޑައިގަންނަވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މިލަންދޫން ރައީސް ޞާލިޙަށް މަރުހަބާ ދެންނެވުމަށް ދަމާލި ލައިނުގެ ދިގުމިނަކީ މި އިންތިހާބު އެއް ބުރުން އެމަނިކުފާނު ކާމިޔާބު ކުރާނެ ކަމުގެ ހެއްކެއް ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ދަތި އުނދަގުލުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވީ ރައީސް ޞާލިޙުކަން ފާހަގަކުރައްވަމުން މަހްލޫފް ވަނީ އެމަނިކުފާނުގެ އެ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. އެ ދަތި ދުވަސްތަކުގައި ރައީސް ޞާލިޙް ވެވަޑައިގަތީ ހުރިހާ ދިވެހީންގެ ބައްޕައަށް ކަމަށާއި އެ ހާލަތުން ދިވެހިން ސަލާމަތް ކުރުމަށް ދަރަންޏަށް ވެސް ފައިސާ ނެގި ކަމަށް މަހްލޫފު ވިދާޅުވި އެވެ.

ރައީސް ޞާލިޙް ދަރަންޏަށް ނެގި ފައިސާ ދައްކަވާނެ ގޮތް ނޭނގިގެން އުޅޭ ބޭފުޅުންވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އެރުއްވުން ރަނގަޅު ކަމަށާއި އެ ފައިސާ އަނބުރާ ދައްކާނެ ގޮތް ވެސް ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާކަމަށް މަހްލޫފް ވިދާޅުވިއެވެ.

Ads by Ooredoo
  1. ނިޒާރު

    ލޯކަނުމީިިހުނާބީރުމީހުނާވެސްތިބީމިސަރުކާރުގައެމީހުނައްތަރައްގީނުފެނިގެންއުޅެނީވެސް